logo
Bank of Maldives

Bank of Maldives

ޚަބަރު

ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު

އައިޝަތު ނަޝާ
22 ސެޕްޓެމްބަރު 2025 - 09:11
ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ، ޤައުމީ ފެންވަރުގެ ކުއިޒް މުބާރާތެއް ކަމުގައިވާ އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މި ޗެލެންޖްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފަހު ދުވަހަކީ 30 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހެވެ. މި މުބާރާތުގައި 10،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ހޯދުމުގެ ފުރުޞަތު ލިބެއެވެ. 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މާލީ ހޭލުންތެރިކަމާއި އަދި ވަކިން ޚާއްސަކޮށް އިސްލާމީ ފައިނޭންސަށް ދިވެހިން ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމުގައި އެމްއެމްއޭއިން ބާއްވާ ކުއިޒް މުބާރާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި 6 އޮންލައިން ބުރު ހިމެނޭނޭހެން، 3 އާއި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުތަކަށް ލީޑަރބޯޑެއްގައި ޕޮއިންޓް އެއްކުރެވޭނެއެވެ. އެންމެ މަތިން ޕޮއިންޓް ލިބޭ 5 ޓީމު ދެން ކުރިމަތިލާނީ ލައިވްކޮށް މީހުން ޙާޟިރުވެގެން ބޭއްވޭ ފައިނަލް ބުރަށެވެ. މި ބުރުގައި ވާދަކޮށް އަގުހުރި ފައިސާގެ އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މުބާރާތުގެ ސުވާލުތައް އަމާޒުކުރެވިފައި ހުންނާނީ ބަޖެޓު ހެދުން، ޑިޖިޓަލް ޙައްލުތައް ރައްކާތެރިކަމާއެކު ބޭނުންކުރުން، ދަރަންޏާއި ކްރެޑިޓް، އަދި އިސްލާމީ ފައިނޭންސްގެ އުސޫލުތައް ފަދަ ދާއިރާތަކަށް ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް، ޓީމުތަކުން އެޕްލިކޭޝަން ފޯމު މާދަމާ ރޭ 11:59 ގެ ކުރިން ހުށަހަޅަންވާނެކަމަށާއި،ކޮންމެ ޓީމަކުންވެސް ޓީމު ލީޑަރެއް އައްޔަންކުރަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ. ލީގު ބުރުތަކަށް ބޭނުންކުރާނެ އޮންލައިން ޕްލެޓްފޯމް ބަލަހައްޓާނީ އެމްއެމްއޭ އިންނެވެ.

މި ކުއިޒް މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ދެވަނައަށް އަންނަ ޓީމަށް 7،000 ރުފިޔާ، އަދި ތިންވަނައަށް އަންނަ ޓީމަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވުމަށް އެމްއެމްއޭއިން ދީފައިވާ ގޫގަލް ލިންކަކީ https://shorturl.at/awZ9B އެވެ.

އެޕްލިކޭޝަން ފޯމާ ގުޅޭގޮތުން އެއްވެސް މައްސަލައެއް ދިމާވާ ޓީމުތަކަށް [email protected] މެދުވެރިކޮށް އެމްއެމްއޭއާ ގުޅުއްވުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު ޚަބަރު | 24 ދުވަސް ކުރިންއިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް އެމްއެމްއޭ އިން 15 ސްކޮލަރޝިޕް ދީފިޚަބަރު | 2 މަސް ކުރިންއެމްއެމްއޭގެ އާ އޮފީސް އިމާރާތް އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަނީޚަބަރު | 7 މަސް ކުރިން