logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސިން ސްކީމެއް ތައާރަފު ކޮށްފި

އައިޝަތު ނަޝާ
25 އޮކްޓޯބަރު 2025 - 07:21
 މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފި

ގްރޭޓާ މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ފައިނޭންސިން ސްކީމްއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފް ކޮއްފިއެވެ.

އެމްއެމްއޭ އިން ވަނީ،ހުރިހާ ބޭންކްތަކުން ލޯން ޕޯޓްފޯލިއޯގެ ތެރެއިން މަދުވެގެން 10 ޕަސެންޓާއި 15 ޕަސެންޓް މި ސްކީމަށް ކަނޑައަޅަންޖެހޭނެ ކަމަށް ބުނެފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް މިސްކީމް ކުރިއަށް ގެންދަން އެމްއެމްއޭ އިން ނިންމާފައިވާއިރު، ސްކީމުގެ މައިގަނޑު އަމާޒަކީ ފަސް އަހަރު ތެރޭ 3،500 ހައުސިން ޔުނިޓަށް މި ސްކީމުގެ ތެރެއިން ފައިސާ ހަމަޖައްސާ ދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކަށް ފައިސާ ދައްކާ އެންމެ ދިގުމުއްދަތަކަށް 25 އަހަރު ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު ކަސްޓަމަރުންނަށް އޭގެ ކުރިންވެސް ފައިސާ ދައްކާ ޚަލާސްކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ސްކީމްގެ ދަށުން މައިގަނޑު ގޮތެއްގައި ދެ ގޮތަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ 'ލީސް އެންޑިންގ ވިތު އޯނަޝިޕް' އަދި ޔޫޒާ ފައިނޭންސް އޮޕްޝަން، މި ދެގޮތެވެ.

މާލީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ އިތުރުން، އާންމު ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހެޔޮ އަގުގައި ފައިނޭންސިން ހޯދައިދިނުމަކީ އެމްއެމްއޭއިން އިސްކަންދޭ ފައިނޭންޝަލް އިންކުލޫޝަން ނުވަތަ މާލީ ބައިވެރިވުމުގެ ބައެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މިގޮތުން، މާލީ ނިޒާމްގެ ތެރެއިން އާންމުންނަށް ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް އެކަށީގެންވާ ހެޔޮ އަގެއްގައި ފައިނޭންސް ހަމަޖެހިގެން ދިއުމަކީ މާލީ ނިޒާމުގެ އިތުރުން ގައުމުގެ އިޖްތިމާއީ އަދި އުމްރާނީ ތަރައްޤީއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭއިން މީގެ ކުރިން، 2017 ގައި ބޭންކުތައް މެދުވެރިކޮށް ކާމިޔާބުކަމާ އެކީ މިފަދަ ހައުސިންގ މަޝްރޫޢުތައް ހިންގާފައިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، އަރަބިއްޔާ އަދި ގާކޮށި ފްލެޓްތައް ގިނަ ބަޔަކު އަތްފޯރާފަށުގައި ގަނެފައިވަނީ އެމްއެމްއޭއިން ހިންގި މިފަދަ ހައުސިން މަޝްރޫޢުތަކުގެ ސަބަަބުންނެވެ. ެހެން

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފިޚަބަރު | 3 ދުވަސް ކުރިންއެމް.އެމް.އޭ އަދި އެމް.އެން.ޔޫއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | 12 ދުވަސް ކުރިންތަމްވީލް ފިންލިޓް ޗެލެންޖްގައި ބައިވެރިވެ 10،000 ރުފިޔާ ހޯދުމުގެ ފުރުޞަތު ޚަބަރު | މަހެއް ކުރިންއިސްލާމިކް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމަށް ކިޔެވުމަށް އެމްއެމްއޭ އިން 15 ސްކޮލަރޝިޕް ދީފިޚަބަރު | 3 މަސް ކުރިން