10 ގައުމެއްގެ 20 އަށްވުރެ ގިނަ ދަރިވަރުން އެމް.އެން.ޔޫގައި ތައުލީމު ހާސިލްކުރޭ
28 ސެޕްޓެމްބަރު 2025 - 10:15

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން "ސަގާފީ ސައި"ގެ ނަމުގައި އެ ޔުނިވާސިޓީގެ ހުރިހާ ދަރިވަރުންނަށް ހާއްސަ ހަަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާއަކީ އެމް.އެން.ޔޫގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ބޭރު ދަރިވަރުންނަށް ހާއްސަކޮށް ބޭއްވި ހަފްލާއެކެވެ.

Ad by Hajj Corporation
10 ގައުމެއްގެ 20 އަށްވުރެ ގިނަ ދަރިވަރުން ވަނީ އެމް.އެން.ޔޫގެ މި ހަފްލާގައި ބައިވެރިވެފައެވެ.
އެ ދަރިވަރުންނާ މުހާތަބުކޮށް އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިފަދަ ހަފްލާތަކުގެ ސަބަބުން ބޭރު ގައުމުތަކުގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ސަގާފަތް ތަމްސީލުކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެގެންދާނެކަމަށެވެ. އަދި އެމް.އެން.ޔޫގެ ސްޓޫޑަންޓް ޔުނިއަންގެ ފަރާތުން މި ހާފްލާ އިންތިޒާމްކުރުމަށް ދިން އެއްބާރުލުމަށް ޝެހެނާޒް ޝުކުރު އަދާކުރައްވައިފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން ތަފާތު އެކި ޔުނިވާސިޓީތަކާ ގުޅިގެން ދިރާސާތަކާއެކު ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އެތަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ބޭރުގެ ގައުމުތަކުން ދިވެހިރާއްޖެ އިން މަތީ ތައުލީމު ހާސިލުކުރުމަށް އަންނަ ބޭރު ދަރިވަރުންގެ އަދަދު އިތުރުވުމުގެ މަގުފަހިވެގެންދާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.