logo
E-Platinum
ޚަބަރު

ކިޔަވާ ކުދިބަޔަކަށް ކުޅިވަރަކީ މުހިންމުކަމެއް: މިނިސްޓަރ މާރިޔާ

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2024 - 05:53
ކިޔަވާ ކުދިބަޔަކަށް ކުޅިވަރަކީ މުހިންމުކަމެއް: މިނިސްޓަރ މާރިޔާ

ކިޔަވާ ކުދިބަޔަކަށް ކުޅިވަރަކީ މުހިންމު ކަމެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ދަރިވަރުންގެ ޔުނިއަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ފިއެސްޓާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ކިޔެވުމާއި އެކުއެކީގައިހެން ކުޅިވަރު ކުޅުމަކީ އުގެނުމަށް ކުދިންނަށް ލިބޭނެ ވަރަށްބޮޑު އެހީއެއްކަމަށެވެ. އެގޮތުން ކުޅިވަރުގެ ތެރެއިން ކުދިނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުވާ، ދިރިއުޅުމުގެ މައިދާނަށް ބޭނުންވާ ބައެއް ހުނަރުތައްވެސް ދަސްވެގެންދާނެކަމަށެވެ.

ކުޅިވަރުގެ ސަބަބަބުން ތިކުދިން ޓީމްތައް އުފައްދާ އެކި ސްޕޯޓްމަންޝިޕް ފަދަ ހުނަރުތައް ދަސްވޭ. އަދި މި ފަރިތަކުރުންތަކުގެ ތެރެއިން ތިކުދިންވާނީ މިކަހަލަ ހުނަރުތައް ދަސްވެފަ. ތިކުދިންގެ ތެރޭގައި ވާނެ ކޮންމެ ޓީމެއްގެ ތެރޭގައިވެސް ދެތިން ލީޑަރުން. އެއްކުއްޖަކީ ޓީމް ލީޑަރު އަނެއްކުއްޖަކުވެދާނެ ޖޯޒީ ފަރުމާކުރާކުއްޖެއްކަމަށްވެސް.

މިނިސްޓަރ ވަހަކަ ފުޅުގައި އިތުރަށް ވިދާޅުވީ މި ފަދަ ބޮޑު މުބާރާތެއް ދެޖިންސަށް ހަމަހަމަކަމާއި އެކު ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަކީ ލިބޭ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްކަމަށާއި، އުންމީދަކީ މި މުބާރާތުން ތިކުދިންނަށް އެކި ހުނަރުތައް ދަސްވެ، ގުޅުންބަދަހިވެގެން ދިއުންކަމަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސެސަރުންގެ ޕްރޮފެޝަނަލް ތަރައްޤީއަށް ކުރާ ހޭދައަކީ މުސްތަޤުބަލަށް ކުރެވޭ މުހިންމު ހޭދައެއްޚަބަރު | 8 މަސް ކުރިންކިޔަވާ ކުދިބަޔަކަށް ކުޅިވަރަކީ މުހިންމުކަމެއް: މިނިސްޓަރ މާރިޔާޚަބަރު | 9 މަސް ކުރިންއެމްއެންޔޫއެސްޔޫ ގެ ފުޓްސަލް ފިއެސްޓަރ ފަށައިފިޚަބަރު | 9 މަސް ކުރިން