logo
Bank of Maldives

Bank of Maldives

ޚަބަރު

ސްޓެލްކޯގެ ހޮޓްލައިން، 1545 ތައާރަފްކޮށްފި

މަރިޔަމް ޔަނާ އަލީ
28 އޯގަސްޓު 2024 - 14:30
ސްޓެލްކޯގެ އޮފީސް
ސްޓެލްކޯގެ އޮފީސް

ކަސްޓަމަރުންނަށް މުވާސަލާތީ އަދި ހިދުމަތްތައް އިތުރުކުރުމުގެ ގޮތުން ސްޓެލްކޯގެ އާ ކޮންޓެކްޓް ސެންޓަރު ހޮޓްލައިން، 1545 ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ލައިވް ޕްރިމިއާއެއްގެ ގޮތުގައި މިއަދު މެންދުރު ފަހު ލޯންޗްކުރި މި ޕްރޮގްރާމަކީ މުޖުތަމައަށް މިހާރަށް ވުރެ ލުއިފަސޭހަކަމާއި ހަރުދަނާކަމާއެކު ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

1545 ހޮޓްލައިން މެދުވެރިކޮށް ބިލިންގެ މައްސަލަތަކާއި ކުންފުންޏާ ގުޅުންހުރި އެހެނިހެން ކަންކަން ހިމެނޭ ގޮތަށް ސްޓެލްކޯއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތަކާ ގުޅޭ އިންކުއަރީތަކަށް ޑައިރެކްޓް ލައިން އެއް ލިބޭނެ އެވެ. މިއީ ސްޓެލްކޯއިން ކަސްޓަމަރުންނާ ވަރަށް ގާތުން ގުޅުން ބަދަހިކޮށް، ކަސްޓަމަރުންގެ ބޭނުންތައް އަވަހަށް އަދި ހަރުދަނާ ގޮތެއްގައި ފުއްދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އާ ހޮޓްލައިންގެ އިތުރުން ސްޓެލްކޯގެ މުވާސަލާތީ ޗެނަލްތައް ފުޅާކޮށް ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މަޝްހޫރު މެސެޖިން ޕްލެޓްފޯމްތައް ވެސް ވަނީ ހިމަނައިފަ އެވެ. މި ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރަށް ދިއުމުގެ ފުރުސަތު ފަހިވެ، އެހީތެރިކަން ހޯދުމުގެ މަރުހަލާ އިތުރަށް ފަސޭހަވެގެން ދެއެވެ.

ސްޓެލްކޯގެ ކެއަރ ސަރވިސަސް މިހާރު ކުރިއަށްވުރެ ބޮޑަށް ލިބެން ފަށާފައިވާއިރު، ކަސްޓަމަރުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށާއި، ގިނަ ޕްލެޓްފޯމްތަކެއްގައި ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތް ދައްކުވައިދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިގުރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްޚަބަރު | 2 ދުވަސް ކުރިންކ. ހުރާގެ ފެން، ކަރަންޓު އަދި ނަރުދަމާގެ ޚިދުމަތާ ސްޓެލްކޯއިން ހަވާލުވެއްޖެޚަބަރު | 4 ދުވަސް ކުރިންސްޓެލްކޯގެ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި" އިފްތިތާހްކޮށްފިޚަބަރު | 8 ދުވަސް ކުރިންސްޓެލްކޯގައި ކުރިއަށްގެންދިޔަ ފަޔަރ ވޯޑަން - ޓްރެއިން ދަ ޓްރެއިނަރ ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފިޚަބަރު | 10 ދުވަސް ކުރިން