logo
Bank of Maldives

Bank of Maldives

ޚަބަރު

80 އިންސައްތަ ކަސްޓަމަރުންނަށް މިމަހުގެ ކަރަންޓުބިލް ކުޑަވާނެ: ސްޓެލްކޯ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
29 އޯގަސްޓު 2024 - 07:05
ސްޓެލްކޯގެ އެމްޑީ: ހުސެއިން ފަހުމީ
ސްޓެލްކޯގެ އެމްޑީ: ހުސެއިން ފަހުމީ

އެހެން މަސްތަކަށްވުރެ 80 އިންސައްތަ ކަސްޓަމަރުންނަށް، މިމަހުގެ ކަރަންޓު ބިލު ކުޑަވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ނެޓްވޯކް ސްމާޓް ގްރިޑަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯއަށް މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ރީޑީން ނަގަމުން އަންނަ ގޮތް ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ހަމައަށް ބިލު ފޮނުވެނީ ވެސް ރީޑިންގް ނަގާތާ 25-20 ދުވަސް ފަހުން ކަމަށާއި، އޭގެ ސަބަބުން ވިއްސާރަވެ ވާރެވެހޭ މޫސުންތަކުގައި ވެސް ކަރަންޓު ބިލު ބޮޑުކޮށް ދައްކާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިދިޔަމަހާއި އަޅާބަލާއިރު އެންމެފަހުން މިލިބޭ ބިލު ގާތްގަނޑަކަށް އަޅުގަނޑުމެން ބަލާލި ބަލާލުމުގައި %80 ކަސްޓަމަރުންނަށް ބިލް ކުޑަ މިފަހަރު މިލިބޭ ބިލް. އިނގޭތޯ،" - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ

އެހެން ނަމަވެސް ސްޓެލްކޯ އިން ހަރުކުރާ ކުރާ ސްމާޓް މީޓަރުތައް ހަރުކުރުމުން ކޮންމެ ރައްޔިތަކަށް ވެސް އެޕްލިކޭޝަން އެއް މެދުވެރިކޮށް އަމިއްލައަށް ބިލަށް އޭރަކު އަރާފައި އިން ވަރެއް ބަލާލެެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން މި ސްމާޓް މީޓަރުތައް ގާއިމްކުރާނެ އޮނިގަނޑު މިހާރު ނމި އެކުލަވާލެވިފައިކަަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، މި ނިޒާމު މެދުވެރިކޮށް އިންޖީނުތައް ކޮންޓްރޯލްކޮށް އޭގެ ހާލަތު ދެނެގަނެވޭނެކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރުގެ ޙިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ކަރަންޓު ބިލަށް އެންމެ ބޮޑު ޔުނިޓެއްދަނީ ގޭ ބިސީތަކުގައި ބޭނުންކުރާ އޭސީ އަދި ހީޓަރު ފަދަ ތަކެތިން ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މިކަމާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް އޮތް މުސްތަގުބަލުގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯއާ ހަވާލުކޮށްގެން ތުލުސްދޫގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާޙްކޮށްފިޚަބަރު | ދުވަހެއް ކުރިންސްޓެލްކޯއިން ދިއްފުށީގައި ޤާއިމްކޮށްފައިވާ އައު އިންޖީނުގެ ހުޅުވައިފި ޚަބަރު | 2 ދުވަސް ކުރިންސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައ ޤައުމީ ޔުނިވަރސިޓީގެ ޕްރޮގްރާމްތަކެއް ފަށަނީޚަބަރު | 2 ދުވަސް ކުރިންކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، އަލުން ކަރަންޓު ދީފިޚަބަރު | 2 ދުވަސް ކުރިން