ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލަށް އާއްމުންގެ ޚިޔާލު ހޯދަނީ


27 އޮކްޓޯބަރު 2024 - 15:55
ވޭޕްގެ ޑިއުޓީ ބޮޑުކުރާ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
ހަމައެއާއެކު، މަޖިލީހުން ވަނީ ޓޫރިޒަމް ދާއިރާއިން ނަގަން ނިންމާފައިވާ ތިން ޓެކްސްއަކާ ގުޅިގެންވެސް އާއްމުންގެ ޚިޔާލު ހޯދުމަށް ނިންމާފައެވެ. އެ ނިންމުން ނިންމާފައިވަނީ މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ މާލިއްޔަތު އަދި އިގްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީންނެވެ.
ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ނިންމި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެކެވެ.
ރައީސް ޑރ. މުއިއްޒު އެކަން އިއުލާން ކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމަށް ޑަބްލިއުއެޗްއޯއިންވެސް ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިއީ ހާއްސަކޮށް ޒުވާން އުމުރުގެ ކުދިންގެ މެދުގައި ވޭޕްކުރުން އިތުރުވުމުގެ ކަންބޮޑުވާ ޓްރެންޑް ހުއްޓުވުމަށް މުހިންމު މަސައްކަތެއް ކަން ވެސް އެ ޖަމްއިއްޔާއިން ފާހަގަކޮށްފައި ވެއެވެ.
2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުން ކޮށްފައި ވެއެވެ.
އިތުރު ލިޔުންތައް

ވޭޕް ހުއްޓުވަން ސުކޫލުތަކުގައި ޚާއްޞަ ހަރަކާތްތަކެއް
7 މަސް ކުރިން
ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރިސޯޓުތަކުގައި ވެސް ވޭޕް ބޭނުންކުރުން މަނާ ވާނެ
6 މަސް ކުރިން.jpg&w=3840&q=75)
މިރޭ 12 އިން ފެށިގެން ވޭޕް ބޭނުންކޮށްފި ނަމަ ބޮޑު ޖޫރިމަނާއެއް އަންނާނެ
4 މަސް ކުރިން.jpg&w=3840&q=75)