ވޭޕްކުރުމުން ޖޫރިމަނާކުރިކަން އަންގާނީ ފޮނުވާ މެސެޖަކުން
.jpg&w=3840&q=75)
.jpg&w=3840&q=75)
16 ޑިސެމްބަރު 2024 - 17:56
ވޭޕްކޮށްފި ނަމަ ކުރާ ޖޫރިނަމާގެ ނޯޓިސް ފޮނުވާނީ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރީޢްޔާއިން ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އެފަދައިން ބުނީ, ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު, ވޭޕްކުރުން މަނާކުރަން ނިންމުމާއެކު މިރޭ މީޑިޔާއަތަކަށް ފޮނުވި މެސެޖެއްގައެވެ.
އެ މެސެޖުގައި ފުލުހުން ބުނީ, ވޭޕްކުރުމަށް ބޭނުންކުރާ އާލަތްތައް ވިއްކުމާއި, ހިލޭ ދިނުމާއި, ބެހުމާއި އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވާނެ ކަމަށާއި, އެ މެސެޖުގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ވެސް ހިމެނޭނެ ކަމުގައި ފުލުހުން ބުންޏެވެ.
އެހެންކަމުން އެ ފާނޫނަށް ޢަމަލުކުރުމާއެކު އެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެ އިދާރާއިން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
އިތުރު ލިޔުންތައް

ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން.jpg&w=3840&q=75)
ރިއޮލަޮ އޮފީހުން ވައްކަންކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރުކޮށްފި
8 މަސް ކުރިން
މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ
8 މަސް ކުރިން