logo
ޚަބަރު

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތައް މުރާޖާކޮށްދިނުމަށް އެދިއްޖެ

އަޙްމަދު ޒަލީފް
27 އޮކްޓޯބަރު 2024 - 16:30
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތައް މުރާޖާކޮށްދިނުމަށް އެދިއްޖެ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަތައް މުރާޖަޢާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މީގެ އިތުރުން، 52 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފައިވެސް ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައްސަލަތައް ރިވިއުކޮށްދޭން އެދި ހުށަހަޅަން ހުޅުވާލި މުއްދަތުގައި ޖުމްލަ 539 ޝަކުވާއެއް ޕީޖީ އޮފީހަށް ހުށަހެޅި އެވެ.

އެކަމާ ގުޅޭގޮތުން އެ އޮފީހުން މިއަދު ބުނީ ހުށަހަޅާފައިވާ ޝަކުވާތަކާއި މުރާޖައާ ކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވާ އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ތުހުމަތުކޮށް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެކުރިން ޔާމީންގެ މައްޗަށް އިއްވި 11 އަަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީނަށް ގާނޫނީ ފިޅަވަޅު އަޅަން ގާސީމް ފައްޓަވަނީޚަބަރު | 4 ދުވަސް ކުރިންރިޝްވަތު ދިން ކަމަށް ބުނެ ޔާމީން ހެއްދެވީ ދޮގު، ޤާނޫނީ ފިޔަވަޅު އަޅަން މައުމޫން ވިސްނަވަނީޚަބަރު | 5 ދުވަސް ކުރިންކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތައް މުރާޖާކޮށްދިނުމަށް އެދިއްޖެ ޚަބަރު | 10 މަސް ކުރިން