logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީނަށް ގާނޫނީ ފިޅަވަޅު އަޅަން ގާސީމް ފައްޓަވަނީ

އައިމިނަތު މޫސާ
16 އޯގަސްޓު 2025 - 10:03
ޔާމީނަށް ގާނޫނީ ފިޅަވަޅު އަޅަން ގާސީމް ފައްޓަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާނު ކުރައްވައިފިއެވެ.

ގާސިމް އެ ގޮތަށް އިއުލާނު ކުރެއްވީ އޮންލައިން ނޫހަކުން ގެނެސްދިން ޕްރަގްރާމެއްގައި ޔާމީން ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުންހެން ހައްޔަރު ކުރެއްވި އެވެ. އޭގެތެރޭގައި ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ގާނޫނީ ބައެއް ބޭފުޅުންނާއި ސަރުކާރުގެ އިސްވެރީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެގޮތުން ޔާމީން ވިދާޅުވީ، ގާސިމް އާއި ދަރިފުޅު ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށެވެ. އަދި ގާސިމް ޖަލަށްލި ވާހަކަ ދައްކަވަމުން ޔާމީނު ވަނީ ދޮގު ތުހުމަތުތަކެއް ކުރައްވާފަ ކަމަށް އެޕާޓީ ބުނެއެވެ.

ޔާމީން ވަނީ އެ ނިންމެވުން ދިފާއު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ހާއްސަކޮށް ގާސިމް އިބްރާހިމާއި އިބްރާހިމް ސިޔާދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރެއްވި ސަބަބުތައް ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ތުހުމަތުތަކެއް ކުރެއްވި އެވެ.

މި ތުހުމަތުތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދައްކަވާފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޔާމީން ދައްކާފައިވާ އަސާސެއް ނެތް ވާހަކަތަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެ ގާނޫނީ ޓީމުން އެކަން ބަލަމުންދާ ކަމަށާއި އަދި ޔާމީން ދައްކަވާފައިވާ ވާހަކަތައް ވަނީ ކުށްވެރި ކޮށްފައިވެ އެވެ.

ކުރީގެ ރައީސް މައުމޫން ވެސް ވަނީ ޔާމީންގެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، ރައީސް މައުމޫނާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަަމަށާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފަ ނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މައުމޫނަށާއި ޝަހީދުންގެ ޢާއިލާތަކަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި ޚަބަރު | ދުވަހެއް ކުރިންމީހަކާމެދު ނުރުހިއްޖެނަމަ އެމީހަކަށް ޔާމީން ކޮންމެފަދަކަމެއްވެސް ކުރައްވާފާނެ: ގާސިމް ޚަބަރު | 2 މަސް ކުރިންވިލާއަތުން ކާޑެއްދޫ އެއާޕޯޓު ނަގަން ބަދަލުގެ ގޮތުގައި 18.5 މިލިއަން ދެނީޚަބަރު | 2 މަސް ކުރިން 5،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުދޭ މައުމޫން ފައުޑޭޝަންގެ ޅެން ހެދުމުގެ މުބާރާތެއް ބާއްވަނީ ޚަބަރު | 3 މަސް ކުރިން