logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ޤާސިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 މާރިޗު 2026 - 01:55
ޤާސިމް، ފޮޓޯ: ޖޭޕީ
ޤާސިމް، ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށާއި އިޤްތިޞާދަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަޝްރަޙު ބަދަލުވެފައިވާ ގޮތަށް ބަލާއިރު، ދެ އިންތިޚާބު އެއްކޮށްލުމަކީ މުހިންމު ކަމެކެވެ.

ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޤާސިމް ވިދާޅުވީ، މިހާރު އޮތް ނިޒާމުގެ ތެރެއިން އިންތިޚާބުވާ ރައީސަކަށް، މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ބައެއް މަޖިލީސްތަކުން ސަރުކާރަށް ޖެއްސުންކޮށް، ބަޖެޓް ހާވިޔާކޮށް، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް މަދުވެގެންދާނެ ކަމަށްވެސް އޭނާ ދެކެވަޑައިގަންނަވައެވެ.

 

 

މަޖިލީހުން ގެނައި މި އިސްލާޙާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޤާސިމް އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުންގެ ނިންމުމަކަށް ވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު އޮންނަ "ފެންނަނުފެންނަ" ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަހުސް ގަދަވެފައިވާ މި ދަނޑިވަޅުގައި، މި ބަދަލަކީ ޤައުމުގެ ސިޔާސީ ހަމަޖެހުމަށް މިހާރު ކުރަން ލަސްވެފައިވާ ކަމެއްގެ ގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ޤާސިމްޚަބަރު | 4 ގަޑިއިރު ކުރިންކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރެވޭނެ އެއްވެސް ކަމެއް ނެތް: ގާސިމްޚަބަރު | 23 ދުވަސް ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 23 ދުވަސް ކުރިންލޯކަލް ކައުންސިލު އިންތިޚާބުގައި ޖޭޕީގެ ތާއީދު ސަރުކާރަށް! ކެންޑިޑޭޓުން ވާދަކުރާނީ މާމިގިލި ދާއިރާގެ ރަށްތަކުގައި އެކަނި!ޚަބަރު | 2 މަސް ކުރިން