logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް: ގާސިމް

މުޙައްމަދު އަފްރާޙް
26 މާރިޗު 2026 - 09:58
މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް: ގާސިމް

މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި އަދި ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއުރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވާ އެ ޕޯސްޓުގައި ގާސިމް ވިދާޅުވީި މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނަކީ މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އެމަނިކުފާނަކީ ދައުލަތުން އަގުވަޒަންކުރައްވައި ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފް އަރުވާފައިވާ ބޭފުޅެއްކަން ވެސް ޤާސިމް ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމަށް މޫސާ ޢަލީ ޖަލީލު ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ވެސް ވަނީ ކުރައްވާފައެވެ.

ގާސިމް ވިދާޅުވީ މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ ކަމަށެވެ. އަދި މޫސާ ޢަލީ ޖަލީލަކީ އެކި ސަރުކާރުތަކުގައި ހަވާލުކުރެއްވި ކޮންމެ މަޤާމެއްގެ ޒިންމާވެސް ތެދުވެރިކަމާއެކު އަދާކުރެއްވި، ފަސްބައިގައި ކިލަނބުކަމެއް ނެތް ތަޖްރިބާކާރު ޝަޚްޞިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާ، އެމަނިކުފާނަކީ އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ، ޚުލްޤު ހެޔޮ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި ގޮތުގައި މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެރި އަދި ޤާބިލް އެހެން ކެންޑިޑޭޓަކު ނެތެވެ. އެހެންކަމުން، މާލެ ސިޓީ ހިންގުމަށް މުރާލި އަދި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކުރާ ރައްޔިތުން، ކެންޑިޑޭޓް ނަންބަރު 4، މޫސާ ޢަލީ ޖަލީލަށް ވޯޓު ދެއްވުމަށް ޤާސިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ ހިންގުމުގެ އެންމެ އިސް މަޤާމަށް މޫސާ ޢަލީ ޖަލީލަށްވުރެ ޤާބިލް އެހެން ކެންޑިޑޭޓަކު ނެތް: ގާސިމްޚަބަރު | 2 ގަޑިއިރު ކުރިންރައީސް އިސްކުރައްވަނީ ސިޔާސީ ޝޯޓްޓަރމް އަކަށްވުރެ ގައުމުގެ މަސްލަހަތު: ސައީދުޚަބަރު | 5 ގަޑިއިރު ކުރިންހިތަދޫ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދައިދޭނަން: މުޝްރިފްޚަބަރު | 2 ދުވަސް ކުރިންމާލެއަށް އެންމެ ރަނގަޅީ ސަރުކާރާ ގުޅިފައިވާ މޭޔަރެއް: ސަރަނގު އާދަމް މަނިކުޚަބަރު | 4 ދުވަސް ކުރިން