logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭ

އައިޝަތު އިނާޝާ
21 ޖުލައި 2026 - 06:05
މާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭ

މާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވާ ކަމަށް މާލެ ސިޓީގެ މޭޔަ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގުޅިގެން، މާލޭގެ ތޮއްޖެހުން ކުޑަކުރުމާއި ކާރިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން ހޯމަ ދުވަހު ފެށި މަސައްކަތު ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންގާރަ ދުވަހުގެ ނިޔަލަށް މީރުމާ ހޮޓަލުގައި ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރު ޢާޒިމް ވިދާޅުވީ، ޖައްވަށް ބޭރުވާ މި ގޭސްތަކުގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނައީ މާލެ ސިޓީން ބޭރުވާ ގޭސްކަމަށެވެ. މިއީ ނުރައްކާތެރި މިންވަރެއްކަން ފާހަގަކުރައްވައި، މިއީ ނައިޓްރޯޖަން އޮކްސައިޑްސް އަދި ބްލެކް ކާބަން ތަޣައްޔަރުވުމުގެ މައިގަނޑު ސަބަބު ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މީހުން ދަތުރުފަތުރުކުރާ ގޮތް ދެނެގަތުމަށް އެސްކޭޕްގެ އެހީތެރިކަމާއެކު ދާދިފަހުން ކުރިއަށްގެންދިޔަ "އާބަން މޮބިލިޓީ ސާވޭ" އަށް އަލިއަޅުއްވާލައްވަމުން މޭޔަރު ވިދާޅުވީ، މި ސާވޭއިން އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި، ތޮއްޖެހުން ބޮޑު ސަރަހައްދުތަކާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހުރި ގޮންޖެހުންތަކާ ގުޅޭ މުހިންމު މައުލޫމާތުތަކެއް އެއްކުރެވިފައިވާ ކަމަށެވެ. މިއީ "ރީތިންކް މާލެ ސިޓީ" އިސްނެގުމުގެ ބިންގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ އަމާޒަކީ ހިނގާބިނގާވެ އުޅެވޭ، ފިނި، އަދި ރައްކާތެރި ސިޓީއަކަށް މާލެ ހެދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވި ސިޓީއަށްވުރެ މާ ފުރިހަމަ ސިޓީއެއް އަޅުގަނޑުމެންގެ ދަރިންނަށް ދޫކޮށްދިއުމަށް އަޒުމް ކަނޑައަޅަމާ ހިނގާށެވެ،" މޭޔަރު ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުން ލިބޭ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާއެކު، މާލެއަކީ މިހާރަށްވުރެ ތޮއްޖެހުން ކުޑަ އަދި ތިމާވެއްޓާ ރައްޓެހި ތަނަކަށް ބަދަލުކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވިއެވެ. ދިވެހިރާއްޖެއިން 2030 ވަނަ އަހަރާ ހަމައަށް 'ނެޓް-ޒީރޯ' ގައުމަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މިފަދަ އިސްލާހީ ފިޔަވަޅުތައް މުހިންމުކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެސްކޭޕްގެ ޓްރާންސްޕޯޓް ޑިވިޜަންގެ ސެކްޝަން ޗީފް ޑރ. ކެޓްރިން ލޫގަރ އާއި މާލެ ސިޓީގެ ކައުންސިލަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން އެކި މުއައްސަސާތަކުގެ ވެރިން ބައިވެވަޑައިގެންނެވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭޚަބަރު | 7 ގަޑިއިރު ކުރިންމާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދަނީޚަބަރު | 24 ދުވަސް ކުރިންޓީޖެޓީ ސަރަހައްދު ސާފުކުރުމުގެ ހަރަކާތް: ދެ ދުވަހު ތެރޭ 19 ޓަނުގެ ކުނި އުކާލައިފިޚަބަރު | 25 ދުވަސް ކުރިންމާލޭގެ ޕާކުތައް ދަންވަރު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިޚަބަރު | މަހެއް ކުރިން