logo
Bank of Maldives

Bank of Maldives

ޚަބަރު

މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފި

އައިޝަތު އިނާޝާ
30 ޖުލައި 2026 - 11:14
މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފިއެވެ.

މި ބަސް ސްޓޭޝަނަކީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް ހެދި ތަނެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު ޒުހައިލް ޒަޢީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މާލެ ސިޓީގައި ތަރައްޤީކުރި މި ފަދަ ފުރަތަމަ ބަސް ސްޓޭޝަނެވެ. މި ތަނުގެ އެތެރެ އޭސީކޮށްފައިވާއިރު، އާންމުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިދިނުމަށް ޓަކައި އެމްއައިބީގެ ދެ އޭޓީއެމް ވެސް، މި ސްޓޭޝަންގައި ވަނީ ބަހައްޓާފައެވެ. އަދި އޭސީގައި ތިބުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި، މި ބަސް ސްޓޭޝަންގެ ބޭރުގައި ވެސް ގޮނޑިތައް ބަހައްޓައިފައި ހުންނާނެއެވެ.

މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދެން ބަސް ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:

އަމީނީ މަގު ސިނަމާލެ 3 ސަރަހައްދު

ބޮޑުތަކުރުފާނުމަގު މާލެ ސިޓީ ހޯލް ބޭރު

ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު

މި ބަސް ސްޓޭޝަންތަކުގެތެރެއިން، ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދުގައި ހަދާ ބަސް ސްޓޭޝަން، 2026 އޮގަސްޓް ގައި ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަނެއް 2 ބަސްސްޓޭޝަން، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ހުރިހައި ޚަރަދެއް ކުރަނީ އެމްއައިބީންނެވެ. މި އެއްބަސްވުމުގެ ދަށުން 10 އަހަރުގެ މުއްދަތަށް، މި ބަސްސްޓޭޝަންނުގައި ބަހައްޓައިފައި ހުރި 2 އޭޓީމް ހުރިތަނަށް އެމްއައިބީން، ކައުންސިލަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެއެވެ. މި ބަސް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހައި ޒިންމާއެއް އުފުލާނީ ވެސް އެމްއައިބީންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ބަސް ސްޓޭޝަން ހުޅުވައިފިޚަބަރު | 2 ގަޑިއިރު ކުރިންމާލޭގެ އެއްގަމު ދަތުރުފަތުރުގެ ސަބަބުން އަހަރަކު 187,000 ޓަނުގެ ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުވޭޚަބަރު | 9 ދުވަސް ކުރިންމާލޭގެ މަގުމައްޗަށް ގޮދަޑިއެއް ދޫކޮށްލި ފަރާތެއް ހޯދަނީޚަބަރު | މަހެއް ކުރިންޓީޖެޓީ ސަރަހައްދު ސާފުކުރުމުގެ ހަރަކާތް: ދެ ދުވަހު ތެރޭ 19 ޓަނުގެ ކުނި އުކާލައިފިޚަބަރު | މަހެއް ކުރިން