logo
MPL

MPL

ޚަބަރު

ކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރިއަށް އޮތް ތިން އަހަރު ކުރެވޭނެ އެއްވެސް ކަމެއް ނެތް: ގާސިމް

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ފެބްރުއަރީ 2026 - 05:38
ޤާސިމް، ފޮޓޯ: ޖޭޕީ
ޤާސިމް، ފޮޓޯ: ޖޭޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތައް ސަރުކާރު ހިންގާ ޕީއެންސީ ނޫން ބަޔަކަށް ދީގެން، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގާސިމް ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ކުރީ ސަރުކާރުން ބަނގުރޫޓްވުމުގެ ހާލަތަށް ވައްޓާލާފައި ކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ގައުމުގެ މަސްލަހަތާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

 "ތިޔަ ބޭފުޅުން އެންމެ ރަނގަޅު ވޯޓު ނުދެއްވީ ޕީއެންސީ އަށް. އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދެއްވީ. އެއްވެސް ކަމެއް ކުރެވޭނެތަ؟ ރަށުން ބޭލޭނެތަ އެ މަނިކުފާނު؟ ވެރިކަމުން ބޭލޭނެތަ އެމަނިކުފާނު؟. ނޯ. ކީއްކުރަންތޯ ބޭނުން ނެތް ކަމެއް ކުރަނީ،" އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ބޭނުމެއް ނެތްކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވެފަވެއެވެ.

ކައުންސިލްތަކުގެ މަސައްކަތްތައް ބިނާވެފައި އޮންނަނީ ދައުލަތުގެ ބަޖެޓުގެ މައްޗަށް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، ސަރުކާރުން ބަޖެޓު ދީގެން ނޫނީ ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ރަށަށް ރަނގަޅު ގޮތްތަކެއް އެދޭނަމަ ކުރަންޖެހޭ ކަމަކީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބު ކުރުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މީގެ އިތުރުން، އިސްލާމްދީނުގެ މިންތައް ހިފެހެއްޓުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ގާސިމް ވަނީ ތައުރީފު ކުރައްވާފަ އެވެ. އަދި ރާއްޖެ މިއޮތް ދަރަނީގެ ނުރައްކާތެރި ހާލަތުން ސަލާމަތްކޮށް، އިތުރު ލޮޅުމެއް އަޔަނުދީ ގައުމު ކުރިއަށް ގެންދިއުމަށް ރައީސާއެކު ހުރިހާ ރައްޔިތުން ސާބިތުވެ ތިބުމަށްވެސް ގާސިމް އިލްތިމާސް ކުރެއްވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 12 ދުވަސް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 12 ދުވަސް ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 16 ދުވަސް ކުރިންއެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނާ މެދު އަމަލުކުރި ގޮތް ހަނދާން ނެތޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ފަލާހްޚަބަރު | 21 ދުވަސް ކުރިން