logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމް

މުޙައްމަދު އަފްރާޙް
13 ފެބްރުއަރީ 2026 - 19:47
ޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމް

ޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އިފްތިތާޙު ކުރުމުގެ ޙަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގާސިމް ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާޙަށް ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށާއި، ބޭނުންހާ ވާހަކައެއް ދައްކައި ޤާނޫނާ ޚިލާފު ކަންކަން ކުރަން ރައީސް ޖާގަ ދެއްވައިގެން ނުވާނެ ކަމަށެވެ. އަދި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާޢީދު ކުރަން ނިންމި ސަބަބު ހާމަކޮށްދެއްވަމުން ޤާސިމް ވިދާޅުވީ ރައްޔިތުންގެ ކުރިއެރުމާއި، ތަރައްޤީއާއި ހަމަޖެހުން ނަގާލަން ފުރުޞަތު ދިނުމަށް ބޭނުންނުވާ ކަމަށެވެ. އަދި ރަށަށާއި ޤައުމަށް ކުރިއެރުން އަންނާނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޑިމޮކްރަސީ ފުޑާލީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީން ކަމަށާއި ނަޝީދުގެ ވެރިކަމުގައި ދީނަށް ފުރައްސާރަ ކުރުމާއި ޤާނޫނާ ޚިލާފު އެތައް ކަމެއް ހިނގާފައިވާ ކަމަށް ގާސިމް ތުހުމަތު ކުރެއްވިއެވެ. މީގެ އިތުރުން ރައީސް ޞާލިޙުގެ ސަރުކާރުން 126 ބިލިޔަން ރުފިޔާއިން ޤައުމު ދަރުވާލާފައިވާ ކަމަށާއި، ފެނަކަ އެކަނިވެސް 3 ބިލިޔަން ރުފިޔާގެ ބިލް ނުދައްކާ ހުރިކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ޤައުމު އޮތް ދަރަނީގެ ހާލަތުން އަރައިގަނެވޭނީ ރައްޔިތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން ކަމަށާއި ޤައުމުގެ މުސްތަޤުބަލަށްޓަކައި ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ގާސިމް ވަނީ ތަކުރާރުކޮށް ޢިލްތިމާސް ކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީއަށް ބައިތުހިފި އީސައަށް ހުރާ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ، ޕީއެންސީގެ ކާމިޔާބީ ދަމަހައްޓައިފިޚަބަރު | 11 ގަޑިއިރު ކުރިންއިޖުތިމާއީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކުޅިވަރަކީ ވަރުގަދަ ބާރެއް: ރައީސްޚަބަރު | 14 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީއަށް ފުރާވަަޑައިގެންފިޚަބަރު | 16 ގަޑިއިރު ކުރިންތޮއްޑޫ އިން އެމްޑީޕީ އަށް 'ނޫނެކޭ' ބުނެ، 7 ގޮނޑި ޕީއެންސީ އަށް!ޚަބަރު | 17 ގަޑިއިރު ކުރިން