logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މައުމޫން ވިދާޅުވީ މާދަން މުލަރޯދަ ދުވަސް ކަމަށް!

އިސްމާޢިލް ރާތިޢު
17 ފެބްރުއަރީ 2026 - 10:11
ރައީސް މައުމޫން ވިދާޅުވީ މާދަން މުލަރޯދަ ދުވަސް ކަމަށް!

ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން، މާދަމާއަކީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަލް-އުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޯދަ މަހުގެ ހަނދާ ގުޅުވައިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ، މާދަމާއަކީ މުލަރޯދަ ދުވަސްކަމަށް ފަލަކީ ހިސާބުތަކުން ދައްކާ ކަމަށް ވިދާޅުވެ، ރޯދަ މަހުގެ ތަހުނިޔާ ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ތައުލީމު ހާސިލުކުރެއްވި، ކުރީގެ ރައީސް މައުމޫނަކީ ދީނީ ޢިލްމުގެ އިތުުރުން ފަލަކީ ޢިލްމަށްވެސް ކުޅަދާނަ ބޭފުޅެކެވެ. ރޯދަ މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި އެމަނިކުފާނަކީ ދިވެހީން ނުހަނު އިތުބާރުކުރާ ބޭފުޅެކެވެ.

ރައީސް މައުމޫންގެ އިތުރުން، ފަލަކީ ހިސާބުގެ އިލްމުވެރިންކުރެ ބައެއް ބޭފުޅުން ވަނީ، ރާއްޖޭގެ ވަރަށް ބޮޑު ސަރަހައްދަކަށް މިއަދު ހަނދު ނުފެނުނު ނަަމަވެސް ދެކުނުގެ އަތޮޅުތަކަށް އިރުއޮއްސުމަށްފަހު ކުޑަ ވަގުތުކޮޅަކަށް ހަނދު ފެންނާނެ ކަމުގައި ބެލެވޭތީ ރޯދަމަހުގެ އެއްވަނަ ދުވަހަަކަށްވާނީ ބުދަދުވަސްކަމަށް ލަފާކުރެވޭކަމަށް ވިދާޅުވެފައެވެ.

މާދަމާއަކީ ރާއްޖެއަށް މުލަރޯދަ ދުވަސް ކަމަށް ރައީސް މައުމޫން ވިދާޅުވެފައި ވީނަމަވެސް، އިސްލާމީ ބައެއް ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މިހާރުވެސް ވަނީ އެޤައުމުތަކަށް ރަމަޟާންމަސް ފެށޭނީ ބުރާސްފަތި ދުވަހު ކަމަށް ބުނެފައެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ހަނދާ ބެހޭ ގޮތުން ގޮތް ނިންމާ ކޮމިޓީގެ ބައްދަލުވުން، މިރޭ 21:00 ގައި ބާއްވާނެއެވެ. ރާއްޖެއިން ހަނދާމެދު ގޮތެއް ނިންމަނީ ފަލަކީ ހިސާބަށް ބެލުމާއެކު، ބޮޑެތި އިސްލާމީ ގައުމުތަކުން ހަނދު ސާބިތުކުރުމުގައި އަމަލުކުރާ ގޮތަށްވެސް ރިއާޔަތްކުރުމަށްފަހުއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ޚަބަރު | 2 މަސް ކުރިންފަހު 10 ގައި ބީއެމްއެލް އިން ހިދުމަތްދޭ ވަގުތުތައް ހާމަކޮށްފިވިޔަފާރި | 2 މަސް ކުރިންފަހު 10 ގައި ބީއެމްއެލް އިން ހިދުމަތް ދޭނީ 2 ދުވަހު!ވިޔަފާރި | 2 މަސް ކުރިންރަމަޟާން މަހު އެކްސިޑެންޓުތަކުގެ އަދަދު އިތުރު: ފުލުހުންޚަބަރު | 3 މަސް ކުރިން