logo
Bank of Maldives

Bank of Maldives

ވިޔަފާރި

ފަހު 10 ގައި ބީއެމްއެލް އިން ހިދުމަތްދޭ ވަގުތުތައް ހާމަކޮށްފި

މުޙައްމަދު އަފްރާޙް
9 މާރިޗު 2026 - 09:51
ފަހު 10 ގައި ބީއެމްއެލް އިން ހިދުމަތްދޭ ވަގުތުތައް ހާމަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ރަަމަޟާން މަހުގެ ފަހު 10 ގައި ބީއެމްއެލް އިން ހިދުމަތްދޭ ވަގުތުތައް ހާމަކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ރަމަޟާންމަހުގެ ފަހު 10ގައި އެ ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ މާރިޗު 11 އަދި 18 ވަނަ ދުވަހު ކަމަށެވެ. އަދި އެ 2 ދުވަހުގެ ހެނދުނު 9:30 އިން 12:30 އަށް ބްރާންޗު ހުޅުވައި ޚިދުމަތް ދޭނެ ކަމަށެވެ.

އެއަށްފަހު، ބޭންކްގެ ބްރާންޗުތައް ބަންދުވި ނަމަވެސް އޮންލައިންކޮށް ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ މުއްދަތުގައި ބޭންކުގެ ބްރާންޗުތައް ހުޅުވާނީ 9:30 އިން 12:30 އަށް ކަމަށް ވަނީ ބުނެފައެވެ.

ރަމަޟާން މަހު ފަހު ދިހައެއް ބަންދުވުމާއި ގުޅިގެން އާންމުންނަށާއި، ބޭންކުތަކަށް ޚިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ވެސް 2 ދުވަހަކު ހުޅުވާނެ ކަމަށް ވަނީ މީގެކުރިން ބުނެފައެވެ.

އެމްއެމްއޭއިން ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މާރިޗު މަހު 11 ވަނަ ދުވަހާއި 18 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 01:00 އަށް ކަމަށްވެސްބުނެއެވެ. ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ނަމަވެސް، އެކިއެކި އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ އިދާރާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ކޮންމެ އަހަރަކުވެސް ދަނީ ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީވިޔަފާރި | 3 ދުވަސް ކުރިންބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލުން ކާޑަށް ލިމިޓް ދެނީޚަބަރު | 4 ދުވަސް ކުރިންނެޓްބޯޅަ އެސޯސިއޭޝަނުގެ މުބާރާތްތަކަށް ބީއެމްއެލް އިން އެހީތެރިވަނީޚަބަރު | 14 ދުވަސް ކުރިންބީއެމްއެލް އިން ކޮންމެ ހަފްތާއަކު 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއްޚަބަރު | 15 ދުވަސް ކުރިން