logo
Bank of Maldives

Bank of Maldives

ޚަބަރު

ފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ

މުޙައްމަދު އަފްރާޙް
20 މާރިޗު 2026 - 12:21
ފިޠުރު ޢީދުގެ ބަންދަށްފަހު، މި މަހުގެ 23 ގައި ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ

ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، މި މަހުގެ 23ވާ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެ.

ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައި ވުމާއެކު، މި ފެށޭ ހަފުތާގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން މެންދުރު 1:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަށް ސަރުކާރު ބަންދުކުރީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

2024 ވަނަ އަހަރުން ފެށިގެން ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ކުރަން ފެށީ އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި އަޅުކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ މަގުސަދުގައެވެ.

ސަރުކާރު ބަންދުވި ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކުން އެކަށީގެންވާ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ރައީސް އޮފީހުން ވަނީ ބަންދު ދުވަސްތަކުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޑީއެޗްޑީ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައީސް ޤަރާރެއް ނެރުއްވައިފިޚަބަރު | ދުވަހެއް ކުރިންއިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިންއައްޑޫ ސިޓީ މަހާސިންތާގައި ބައިވެރިވުމަށް 500 އަށްވުރެ ގިނަ ބައިވެރިންޚަބަރު | ދުވަހެއް ކުރިންރައީސް މުޢިއްޒަކީ ފަސްޖެހިވަޑައިގަތުމެއް ނެތި ޤާނޫނުގެ ވެރިކަން ނަގަހައްޓާނެ އިޚްލާސްތެރި ވެރިއެއް: ޝިޔާމްޚަބަރު | ދުވަހެއް ކުރިން