logo
Bank of Maldives

Bank of Maldives

ޚަބަރު

ރަމަޟާން މަހު އެކްސިޑެންޓުތަކުގެ އަދަދު އިތުރު: ފުލުހުން

މުޙައްމަދު އަފްރާޙް
26 ފެބްރުއަރީ 2026 - 12:08
އިންވެސްޓިގޭޝަން ޔުނިޓުގެ ޓްރެފިކް އިންވެސްޓިގޭޝަން އޮފިސަރ ސީނިއަރ ސަރޖެންޓް ސާމިހު މުޙައްމަދު
އިންވެސްޓިގޭޝަން ޔުނިޓުގެ ޓްރެފިކް އިންވެސްޓިގޭޝަން އޮފިސަރ ސީނިއަރ ސަރޖެންޓް ސާމިހު މުޙައްމަދު

އާންމު މަސްމަހަށްވުރެ ރަމަޟާން މަހު އެކްސިޑެންޓުތަކުގެ އަދަދު އިތުރުކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މެންދުރު ޓީވީން ރަމަޟާން މަހަށް ހާއްސަކޮށްގެން ގެނެސްދޭ 'ދެގަޑިބައި' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިސްގެ ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓުގެ ޓްރެފިކް އިންވެސްޓިގޭޝަން އޮފިސަރ ސީނިއަރ ސަރޖެންޓް ސާމިހު މުޙައްމަދު ވިދާޅުވީ އާންމު މަސްތަކަށް ވުރެ ރޯދަމަހު އެކްސިޑެންޓުތައް ގިނަ ކަމަށެވެ. ހާއްސަކޮށް ވޭތުވެދިޔަ އަހަރުގެ ރޯދަ މަހަށް ވުރެވެސް މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އެކްސިޑެންޓުތައް ގިނަކަން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މާލޭގައި އެކަނިވެސް 58 އެކްސިޑެންޓް ހިނގާފައިވާ ކަމަށާއި 16 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި މާލެއިން 4 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާއިރު، ބްރިޖް ހައިވޭގައި 9 އެކްސިޑެންޓެއް ހިނގާ، އެކަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށާއި 4 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ސާމިހު ވިދާޅުވިއެވެ.

ސާމިހު އިތުރަށް ވިދާޅުވީ މިފަދަ ހާދިސާތަކުގައި މީހަކު ނިޔާވެފައިވާ ކަމަށާއި އެހެންކަމުން އެކްސިޑެންޓު ހިނގާ އަދަދު އިތުރުވެފައިވާކަމަށެވެ. މިފަދަ ހާދިސާތައް ހިނގަންމެދުވެރިވާ ސަބަބުތަކުގެތެރޭގައި ޒިބުރާކްރޮސް ނޫން ތަންތަނުން މަގުހުރަސްކުރުމާއި އެފަދަތަންތަނުން މަގު ހުރަސް މީހުންނަށް ދުއްވާއުޅަނދުތަކުން ޖާގަ ނުދިނުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކޮށްފައި ހުރުމަކީ ވެސް އެކްސިޑެންޓުތައް އިތުރުވާ ސަބަބެއް ކަމަށް ސާމިހު ވިދާޅުވިއެވެ. އަދި ލައިސަންސް ނެތްފަރާތްތަކުން މަގުމަތީގެ ގަވާއިދުތައް ނޭނގި ދުއްވުމުން ވެސް އެކްސިޑެންޓު އިތުރުވާ ސަބަބެއް ކަމުގައި ސާމިހު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން ފޭބި މީހަކު ގެއްލިގެން ހޯދަނީޚަބަރު | 5 ގަޑިއިރު ކުރިންމަހުދީގެ މަރު: ފުލުހުންގެ ހާއްސަ ތަހުގީގެއް ކުރިއަށް!ޚަބަރު | ދުވަހެއް ކުރިންމާލޭގެ ޓްރެފިކް ބާރުބޮޑުވާ 12 ސަރަހައްދެއް ބެލެހެއްޓުމަށް ފުލުހުން ހާއްސަ ހަރަކާތެއް ފަށައިފިޚަބަރު | 3 ދުވަސް ކުރިންޑައިމޯފިން ޓްރެފިކްކުރި މީހަކު 25 އަހަރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިޚަބަރު | 3 ދުވަސް ކުރިން