logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު

މެންދުރު ޓީމް
8 އޯގަސްޓު 2024 - 08:24
 ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިއާގައި ބޭއްވުނު ރޯޑްޝޯ ކާމިޔާބު

އިންޑިއާގައި ބޭއްވުނު "ވެލްކަމް އިންޑިއާ" ރޯޑް ޝޯ ވަރަށް ކާމިޔާބު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައިސަލް މިހެން ވިދާޅުވީ ވެލްކަމް އިންޑިއާ ރޯޑް ޝޯ ނިންމާލުމަށްފަހު ރާއްޖެއަށް ވަޑައިގެން، އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ، މިހާރު ސަރުކާރުގެ ވިސްނުމަކީ އިންޑިއާގެ އިންވެސްޓްމެންޓުތަކެއް ރާއްޖެ ގެނައުމުގެ މަޤްޞަދުގައި އިންވެސްޓް ފޯރަމެއް ބޭއްވުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރޯޑް ޝޯތައް ބޭއްވުނީ އިންޑިއާގެ ތިން ބޮޑު ސިޓީއެއްގައެވެ. އެއީ 30 ޖުލައިގައި ނިއުދިއްލީގައި، 1 އޯގަސްޓްގައި މުމްބާއީގައި އަދި 3 އޮގަސްޓްގައި ބެންގަލޫރުގައެވެ. މި ރޯޑް ޝޯތައް އިންތިޒާމުކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޮ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެންނެވެ.

މީގެ އިތުރުން، މިނިސްޓަރ ފައިސަލް ވަނީ އިންޑިއާގެ ފަތުރުވެރިކަމާއިބެހޭ ވަޒީރާއި އެ ޤައުމުގެ މަދަނީ އުދުހުންތަކާއިބެހޭ ވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، ދަށްވެފައިވާ އިންޑިއާގެ އެރައިވަލްސްތައް އިތުރުކުރުމަށް ދިވެހި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކަށް އަރުވާފައިވާ ކަމަށް ވަޒީރު ފައިސަލް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮކްޓޯބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %10.2 އިތުރުޚަބަރު | 16 ދުވަސް ކުރިންޓޫރިޒަމް ސިމްޕޯޒިއަމް 2025 ނިންމާލައިފި ޚަބަރު | 2 މަސް ކުރިންސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެޚަބަރު | 2 މަސް ކުރިންފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިޚަބަރު | 2 މަސް ކުރިން