logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި

އައިޝަތު ނަޝާ
27 ސެޕްޓެމްބަރު 2025 - 10:25
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން،ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަރަކާތްތަކެއް ބާއްވައިފިއެވެ،

މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުން ގުޅިގެން ، އެއަރޕޯޓުގެ އެރައިވަލް ޓާމިނަލްގައި ފަތުރުވެރިންނަށް މަރުހަބާކީ ދިވެހި ސަޤާފީ ހެދުމުގައެވެ. ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު، އަޙްމަދު ޢަބީރު އިސްމާޢީލް ވިދާޅުވީ،ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޙަރަކާތްތަކެއް ރޭވިފައިވާކަމަށާއި، މީގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުޙަބާ ކިޔުމާއި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުން ބާއްވާ ޚާއްޞަ ބައްދަލުވުމެއް ހިމެނެނިގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ، ޙަސަން ޢަރީފް ވިދާޅުވީ، މި ހަރަކާތްތަށް މެންދުރުފަހާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ކުރިއަށް ދާނެ ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރަކީ"ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން" އެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ، މުހައްމަދު މިހާދު ވިދާޅުވީ، ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް ކުރިއަށްގެންދާ ހަރަކާތް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

"ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން މި ދުވަހުގެ މުނާސަބަތުގައި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން އެމްއޭސީއެލްއިން ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ދިވެހީންގެ ސަޤާފީ އެލެމެންޓްސްތައް ހިމަނައިގެން ބައެއް ކަހަލަ އެކްޓިވިޓީސްތައް ކުރިއަށް އެބަގެންދަން. ހަމަ އެގޮތަށް ރީޖަނަލް އެއަރޕޯޓުތަކަކީވެސް ޓޫރިސްޓުން އެކި ރިސޯޓުތަކަށް ގެންދިއުމުގެ ރާއްޖޭގެ ޓްރާންސްޕޯޓުގެ މުހިންމު ކޮމްޕޮނެންޓެއް. ވީއައިއޭ އަށް އަންނަ 18 އިންސައްތަ ފަތުރުވެރިން ރީޖަނަލް އެއަރޕޯޓުތަކަށްދޭ. ރީޖަނަލް އެއަރޕޯޓުތަކުގަވެސް މިއަދު މި ހަރަކާތް ކުރިއަށް އެބަ ގެންދަން." މިހާދު ވިދާޅުވިއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖެއަށް މިއަހަރުތެރޭ 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަދު އެކަނިވެސް ރާއްޖެއަށް ޖުމްލަ 7000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓޫރިޒަމް ސިމްޕޯޒިއަމް 2025 ނިންމާލައިފި ޚަބަރު | 10 ދުވަސް ކުރިންސެޕްޓެންބަރު މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެޚަބަރު | 10 ދުވަސް ކުރިންފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިޚަބަރު | 14 ދުވަސް ކުރިންވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 17 ދުވަސް ކުރިން