މި ސަރުކާރުގެ ފަސް އަހަރު ނިމޭ އިރު މަސް ރައްކާކުރާ ޖާގަ އިތުރުވާނެ : ވަޒީރު ޝިޔާމް

މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް -- ފޮޓޯ/ މަޖިލިސް
.jpg&w=3840&q=75)
30 އޮކްޓޯބަރު 2024 - 05:11
ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި މަސް ރައްކާކުރުމުގެ ކެޕޭސިޓީ 25،000 ޓަނަށް އިތުރުކުރާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު މަސް ރައްކާކުރުމުގެ ކެޕޭސިޓީ ހުރީ 8،500 ޓަނުގައި ކަމަށާއި އެއީ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ސަރުކާރުން މަސް ރައްކާކުރާ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށާއި، އެގޮތުން މި ދައުރު ނިމޭއިރު މަސް ރައްކާކުރެވޭ ކެޕޭސިޓީ 25،000 ޓަނަށް އިތުރު ކުރެވޭނެ ކަމަށެވެ.
އަޅުގަނޑުމެން މިއުޅެނީ އިރާދަކުރެއްވިއްޔާ 250 މިލިޔަން ރުފިޔާގެ މަސް ހުރެއްޖެކަމަށްވަންޏާ އެ މަސްވެސް ސްޓޯރ ކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް. ދިވެހިރާއްޖޭގެ ސްޓޯރެޖް ކެޕޭސިޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރު ނިމޭއިރު ހުންނާނީ 25000 ޓަނަށްވުރެ މަތީގައި، - މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ވަޒީރު އިތުރަށް ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަތައް ކުރީ ސަރުކާރުން ދެއްކި ނަމަވެސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. މިފްކޯގެ ތަރައްގީއަށް އައިއެސްޑީބީގެ ފަންޑިން ހަމަޖެހިފައިވާ ކަމަށާއި، އެ ފަންޑިންގެ ތެރެއިން އަންނަ އަހަރުގެ ކުރީކޮޅު އެ ފެސިލިޓީގެ ކެޕޭސިޓީ 2500 ޓަނަށް އިތުރު ކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2026 ވަނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިތުރު ލިޔުންތައް

ބިލިއަނެއްހާ ރުފިޔާގެ މަންފާއެއް ލޭނު މަސްވެރިކަމުން ރާއްޖެއަށް ލިބޭނެ: މިނިސްޓަރ ޝިޔާމް
8 މަސް ކުރިން
ދެމެހެއްޓެނިވި މަސްވެރިކަން ކުރާއިރު، އީޔޫ އިން ބޮޑު ޑިއުޓީ ނަގަނީ ކީއްވެ؟ - ވަޒީރު
8 މަސް ކުރިން
މަސްވެރިކަމާގުޅޭ ރަނގަޅު ޕްލޭނެއް އެކުލަވާލުމަށް ވޯލްޑް ބޭންކްގެ ޓީމެއް ރާއްޖެ އަންނަނީ
7 މަސް ކުރިން