logo
Bank of Maldives

Bank of Maldives

ޚަބަރު

އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
29 އޯގަސްޓު 2024 - 09:47
އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ: އެމްއެމްއޭ

އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް އަންދާޒާ ކުރިވަރަށްވުރެ 606 މިލިއަން ޑޮލަރު އިތުރުވާނެކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެމްއެމްއޭ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މީގެ އިތުރުން، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުމަކީ ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވެފައިވުން ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.މިގޮތުން، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާކަމަށް ވެސް އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.

 މީގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ މަނިޓަރީ ވަސީލަތްތައް ބޭނުން ކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް (މޮޕް-އަޕް ކުރުމަށް) އެމްއެމްއޭ އިން ތައްޔާރުވަމުން ދާކަމަށް ވެސް އެއިދާރާއިން ވަނީ މައުލޫމާތުދީފައެވެ.ގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް ބޯޑުން ބަދަލު ނިންމަވާފައިވާ ކަމަށް ވެސް މިބަޔާނުގައި ވެއެވެ.

އެމްއެމްއޭ އިން ބުނީ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށެވެ.  މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެއިދާރާއިން ވަނީ ދީފައެވެ.

އެމްއެމްއޭ އިން މިފަދަ ބަޔާނެއް ނެރިފައިވަނީ ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އޭޖެންސީ ފިޗުން ރާއްޖޭގެ ރޭޓިންގް ދަށްކޮށްފައިވާ ހާލަތެއްގައިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 21 ދުވަސް ކުރިން23 އިންސައްތައިގެ ކުރިއެރުމަކާއެކު ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރުޚަބަރު | މަހެއް ކުރިންރާއްޖޭގެ ރަސްމީ ރިޒަރވް ބިލިޔަނަކަށް ވުރެ މައްޗަށް!ވިޔަފާރި | 2 މަސް ކުރިންއެމްއެމްއޭއިން ރޯދަ މަހު ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފިޚަބަރު | 2 މަސް ކުރިން