ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
.jpg&w=96&q=75)
29 އޯގަސްޓު 2024 - 11:06

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ 4 މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ނެރުނު އިއުލާނުގައިވާ ގޮތުން ޓެކްސް އެޕީލްގެ ޓްރައިބިއުނަލްއަށް އައްޔަންކުރާ އެއް މެންބަރަކު ވާންވާނީ ރާއްޖޭގައި ނުވަތަ އެހެންވެސް ތަނެއްގައި ޓެކްސްއާބެހޭ ގާނޫނީ ތަޖުރިބާ ހާސިލުކޮށްފައިވާ، ނުވަތަ ޓެކްސް އެކައުންޓެންސީގެ ދާއިރާގައި ޢަމަލީ ގޮތުން މަސައްކަތްކޮށްފައިވާ މީހަކަށެވެ.
އަދި މަދުވެގެން ދެ މެންބަރަކު ވާންވާނީ ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ މީހުންނަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ،
ރައީސް އޮފީހުން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، މެންބަރު ކަމަށް އެދޭ ފޯމާއި، ކުށުގެ ރިކޯޑުގެ އިތުރުން ސީވީއާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ،
ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ސެޕްޓެންބަރު 17 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:00 އަށް ކަމަށެވެ.