logoEN
ޚަބަރު

"ސްޕެޝަލް ބޯޓް ސްކޮޑްރަން" - މުޅިން އާ އަސްކަރީ ޔުނިޓެއް އިފްތިތާޙުކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

03 ނޮވެމްބަރު 2024 - 15:02

ކަނޑުމަތީގައި އަސްކަރިއްޔާގެ ހަރަކާތްތެރިވުން އިތުރުކޮށް ޚާއްސަ އޮޕަރޭޝަންތައް ހިންގުމަށް "ސްޕެޝަލް ބޯޓް ސްކޮޑްރަން" އިފްތިތާޙު ކޮށްފިއެވެ. މިއީ ކަނޑުމަތީގެ ޚާއްސަ ބޮޑެތި އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވުމަށް މުޅިން އަލަށް އުފެއްދެވި އަސްކަރީ ޔުނިޓެކެވެ.

މި ހަރަކާތް އިފްތިތާޙުކޮށްފައިވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއްގެ ތެރެއިންނެވެ.

"ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން" ނަމުގައި ކުރިއަަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.

undefined--

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީއާއި ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނުގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދަކަށް ޢާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.

ސިފައިންގެ އަސްކަރީ ހުށައެޅުމުގައި ވަނީ ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފައެވެ. ރެކޯޑްކޮށްފައިވާ މައްޒަރުތައް އަދި ޖުމްހޫރީމައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކުގައި ވަނީ، ނިރުބަވެރި ޙާމަލާއެއް ދިވެހި ސިފައިންގެ ޚިދުމަތުުން ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށްގެންދާނެ ގޮތް ގެނެސްދީފައެވެ.ކޯސްޓް ގަރޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދަޢުރު މި އޮޕަރޭޝަންގައި ވަނީ ދައްކުވައިދީފައެވެ. އެގޮތުން އުޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder