އެމްޕީއެލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އަލިފާން ނިއްވުމުގެ ކޯހެއް
31 ޑިސެމްބަރު 2024 - 16:11
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.
މި ކޯހުގައި އުނގަންނައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގްއިޝަރސް، އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމް، ޕޯޓަބަލް ފަޔަރ ޕަމްޕް، ފަޔަރ ރޯޕްސް އެންޑް ނޮޓްސް، ފަޔަރ ޑިޓެކްޝަން އެންޑް އެލަރމް ސިސްޓަމްސް، ފަޔަރ ސްޓްރީމް، ފަޔަރ ހޯސް، އަދި ފަޔަރ ފައިޓަރ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހިމެނެއެވެ.
މި ކޯހުގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.
މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ކޯހުގައި އެމްޕީއެލްގެ 16 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ކޯސް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލު (އެފްއާރްޓީއެސް) ގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެފްއާރްޓީއެސްގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް ފާއިޒް ރަޝާދެވެ.