logoEN
ޚަބަރު

ޒަކާތު ހައުސް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

04 ނޮވެމްބަރު 2024 - 16:33

މޯލްޑިވްސް ޒަކާތު ހައުސްގެ ބިލްޑިން އެޅުމަށް ހުޅުމާލެއިން މިހާރު ވަނީ ބިމެއް ހަމަޖެހިފައިވާ ކަމަށާއި އަމާޒަކީ އަންނަ އަހަރު އެ ހައުސްއަށް ހާއްސަ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސައި އުފެއްދި އިދާރާގެ ބޭނުމަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމެވެ.

ޒަކާތު ހައުސްގެ ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ތައާރަފު ކުރުމަށް މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމް ދީނުގައި އޮތް އިޖުތިމާއީ އެންމެ ބޮޑު ފަންޑަކީ ޒަކާތް ކަމަށެވެ. ޒަކާތުގެ ބެހެނިވެރިންނަށް މި ޒަމާނުގެ ފަލްސަފާގެ ތެރެއިން އެންމެ މަތީ ހިދުމަތެއް ދިނުމަކީ އަމާޒެއް ކަމަށެވެ.

ޒަކާތު ހައުސްއަކީ ރައީސްގެ މެނިފެސްޓޯގައި ހިމެނިގެން އުފެދިގެން ކުރިއަށްދާ މުއައްސަސާއެކެވެ.

ކޮމެންޓް

871x217_placeholder