logoEN
ޚަބަރު

ޒަކާތު ފަންޑުގެ އެހީ: މިއަހަރުގެ މިހާތަނަށް 9.1 މިލިޔަން ރުފިޔާ ހޭދަކޮށްފި

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

21 ނޮވެމްބަރު 2024 - 16:02

މިއަހަރުގެ މިހާތަނަށް ޒަކާތު ފަންޑުން 1017 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޒަކާތު ފަންޑުން ކޮންމެ އަހަރަކުވެސް ބޭސްފަރުވާގެ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެންމެ ގިނައިން އެއެހީތެރިކަން ފޯރުކޮށްދެނީ ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށެވެ. މީގެ އިތުރުން ޒަކާތު ފަންޑުގެ އެހީގައި ތެލަސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމަށްޓަކައިވެސް މިއަހަރު ވަނީ 10 މިލިޔަން ރުފިޔާ އެންސްޕާއާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުތައްވެސް އެވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.

އެގޮތުން 2019 އިން ފެށިގެން 2023ވަނަ އަހަރާ ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނުވަރު އުޅެނީ 5.6 މިލިޔަން ރުފިޔާއާއި 8.6 މިލިޔަން ރުފިޔާ އާ ދެމެދުގައެވެ. ނަމަވެސް މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 9.7 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުކަން ފާހަގަކުރެވެއެވެ.

އެހެން އަހަރުތަކުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ވަރު 76 މިލިޔަނަށްވުރެ ދަށުގައި އުޅުނުނަމަވެސް މިއަހަރު އޮކްޓޫބަރު މަހުގެ ނިއަލަށް މުދަލު ޒަކާތުގެ ގޮތުގައި 88.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓް

871x217_placeholder