މާލެ އާއި ވިލިމާލޭގެ މަގު ހެދުމުގެ ސާވޭއަށް ޗައިނާގެ ޓީމެއް އަތުވެއްޖެ

.jpg&w=3840&q=75)
05 ނޮވެމްބަރު 2024 - 06:33
މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ޑިޒައިން ތައްޔާރުކުރުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
އެ މަޝްރޫއުއާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.
އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ވަނީ އެ ބޭފުޅުންނާ އިއްޔެ ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި މަގުތައް ހެދުމުގެ މަސައްކަތަށް ސައިޓް ސާވޭ އާއި މައުލޫމާތު އެއްކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށެވެ.
މި މަޝްރޫގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށާއި މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ، ފެެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މި މަޝްރޫއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އިތުރު ލިޔުންތައް
މާލޭގެ ހަ އަވަށަކަށް އަމާޒުކޮށް ފަސް ދާއިރާއަކުން "ރަނި އެވޯޑް" ދެނީ
6 މަސް ކުރިން
މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުވައިފި
6 މަސް ކުރިން
ޕެލެޓްތައް ނުނަގައި ޑަސްޓްބިންތައް ނަގަން އެންގުމަކީ ހައްލެން ނޫން: މެމްބަރު ޒަމީރު
6 މަސް ކުރިން