ޚަބަރު
މާލޭގެ ހަ އަވަށަކަށް އަމާޒުކޮށް ފަސް ދާއިރާއަކުން "ރަނި އެވޯޑް" ދެނީ
އަޙްމަދު ޒަލީފް
02 އޮކްޓޯބަރު 2024 - 06:34
މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ "ރަނި އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެވޯޑް ދޭ ދާއިރާތައް:
- އިޖުތިމާއީ ދާއިރާ
- އިގުތިސާދީ ދާއިރާ
- ތައުލީމީ ދާއިރާ
- އިންސާނީ ހައްގުގެ ދާއިރާ
- ސިއްހީ ދާއިރާ
މިކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި މިކަމަށް އެދޭ ފޯމް ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
'ރަނި އެވޯޑް' އަކީ މާލޭގެ ހަ އަވަށަށް އަމާޒުކޮށް 18 ދާއިރާގައި ތިބި އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ ކަނބަލުންނަށް ހާއްސަކޮށްގެން ދޭން އެވޯޑެކެވެ. އެ އެވޯޑް ތައާރަފުކުރީ މިދިޔަ އަހަރު އެވެ.
މި އެވޯޑަށް ކުރިމަތިލެވޭނީ "ރެހެންދި އެވޯޑް" އާއި ދައުލަތުން ދޭ އިއްޒަތުގެ ލަގަބު ނުވަތަ ޝަރަފުގެ ގައުމީ އިނާމު ލިބިފައި ނުވާ އަންހެނުންނަށެވެ.