އީސީއާއި އޭސީސީއަށް ވެރިން ޢައްޔަންކުރުމާ ގުޅޭ އިސްލާޙަށް އާއްމުންގެ ޚިޔާލު ހޯދަނީ


06 ނޮވެމްބަރު 2024 - 16:05
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސް އައްޔަނު ކުރެވޭ ގޮތަށް ދެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ދެ ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ވަކިވަކިން ކުރި އިއުލާނުތަކުގައި ބުނީ ދެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހިޔާލެއް އޮތްނަމަ އެކަން މަޖިލީހުގެ އިދާރާއަށް ލިއުމުން ހުށަހެޅުމަށެވެ.
އިސްލާހުތައް ގެންނަނީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް، ކޮމިޝަންތަކަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަަށް ކަމަށް ދެ ބިލުގަައި ބުނެފައިވެ އެވެ.
ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ދަށުން އެ ދެ ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސްއަށް އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރުމަށްފަހު އެވެ.
އެ ދެ ބިލުގެ ބަހުސް ނިންމާ އިއްޔެ ވަނީ އިތުރަށް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
އިތުރު ލިޔުންތައް

ޕީއެސްއެމްގެ ޚިޔާނަތުގެ މައްސަލަ އޭސީސީއަށް
7 މަސް ކުރިން
ޕާޓީތަކުން ވަކިވުމަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް އީސީން ހަދައިފި
7 މަސް ކުރިން
ރާއްޖެ އާއި އިންޑިޔާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފި
6 މަސް ކުރިން