ސިޔާސީ ޕާޓީތަކުން ވަކިވުމަށް އޮންލައިންކޮށް ހުށަހެޅޭ ގޮތް އީސީން ހަދައިފި


02 އޮކްޓޯބަރު 2024 - 18:14
ސިޔާސީ ޕާޓީތަކުން މެންބަރުކަމުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދައިފިއެވެ.
އީސީން މިއަދު ބުނީ އެ ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުން ވަކިވުމަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މި އިންތިޒާމުގެ ދަށުން މާދަމާއިން ފެށިގެން އެ ކޮމިޝަނުން އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުން ވަކިވުމަށް އެދި ހުށަހެޅޭނެކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރުން ވަކިވުމަށް އެދި ހުށަހެޅޭ އިސީގެ އޮންލައިން ޕޯޓަލްގެ ލިންކް އެކޮމިޝަންގެ ވެބްސައިޓް https://www.elections.gov.mv/ އިން ފެންނާނެއެވެ.
އެ ޕޯޓަލްގެ "ސިޔާސީ ޕާޓީތައް" ކެޓަގަރީއަށް ފިތުމުން "ސިޔާސީ ޕާޓީއަކުން ވަކިވުމަށް" ފެންނަ ގޮތަށް ވަނީ ހަދާފައެވެ. އަދި އެތަނަށް ފިތުމުން ޕާޓީން ވަކިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމުތަކާއި ލިޔެކިޔުންތައް ފެންނަން ހުންނާނެއެވެ.
އީސީގެ މި އިންތިޒާމުގެ ސަބަބުން ޕާޓީތަކުން ވަކިވުމަށް ބޭނުންވާ މީހުންނަށް ފަސޭހަކަން ލިބިގެން ދާނެއެވެ.
އިތުރު ލިޔުންތައް

ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުޞޫލު ބަދަލު ކުރަނީ
6 މަސް ކުރިން
އީސީ އަށް އައްޔަނުކުރާ ހަސީބްއާ މެދު ޝަކުވާ ހުށައެޅުމަށް ހުޅުވާލައިފި
6 މަސް ކުރިން
އީސީއަށް ހަސީބު އައްޔަންކުރަން ރުހުން ދީފި
5 މަސް ކުރިން