ޚަބަރު
އީސީއަށް ހަސީބު އައްޔަންކުރަން ރުހުން ދީފި
މުހައްމަދު މޫސާ
05 ނޮވެމްބަރު 2024 - 19:17
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އިސްމާއީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އީސީގެ މެންބަރު ކަމަށް އަބްދުލް ހަސީބު އައްޔަން ކުރަން ފެނޭތޯ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި އޭނާ އެ މަގާމަށް ޢައްޔަނުކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.
އީސީ އަށް މެމްބަރަކު ޢައްޔަނުކުރަނީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު މިމަހުގެ 24 އަށް ހަމަވާތީ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފައިވާ ހަސީބު މި ވަގުތު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.