logo
ޚަބަރު

2028 ގައި ރައީސްކަމަށް ވާދަކުރައްވާނެކަން ރައީސް ޔާމިން އިއުލާނުކުރައްވައިފި

އާމިނަތު ޝަފާ
7 ނޮވެމްބަރު 2024 - 06:25
2028 ގައި ރައީސްކަމަށް ވާދަކުރައްވާނެކަން ރައީސް ޔާމިން އިއުލާނުކުރައްވައިފި

2028 ވަނަ އަހަރު ރައީސްކަމަށް ވާދަކުރައްވާނެކަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއުލާނުކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުން ގެއްލުނު ކަނޑުގެ ސަރަހައްދު ހިމަނުއްވާނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އަންނައިރު އެމަނިކުފާނު ޖަލަށް ލާފާނެކަމަށް ގަބޫލުކުރައްވާކަމަށާއި މިނިވަންކަމާއެކު ހުރިނަމަ އިންތިހާބުގައި ވާދަކުރައްވާނެކަމަށެވެ.

"800 ގެ އަހަރުގެ ހުކުމް އަންނަވަރުގެ މައްސަލައޭ ހުރީ ކިޔާފައި މިހާރު ކޮބައިތޯ އަދީބު؟ އަދީބަށްވުރެ ގިނަ ދުވަހު އަޅުގަނޑު އޮތިން ޖަލުގައި."

އެ މަނިކުފާނުގެ ވެރިކަމަށް ކުރިމަތިލެއްވުމަށް އޮތީ މައިގަނޑު ތިން މަގުސަދެއްކަމަށާއި އެންމެ މުހިންމު ކަމެމަކީ ގެއްލުނު ކަނޑުގެ ސަރަހައްދާއި އަދި ލިބޭނެ ނަމަ ފޯޅަވަހި ވެސް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުންކަމަށް ޔާމީން ވިދާޅުވިއެވެ.

ދެވަނަކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުންކަމަށާއި މި ސަރުކާރުން ސިފައިން ފޮނުވާލައިފީމޭ ބުނިނަމަވެސް މިހާރުވެސް އިންޑިއާ ސިފައިން އެބަތިބިކަމަށް ޔާމީން ތުހުމަތުކުރައްވައެވެ.

ފަހަކަށް އައިސް ރައީސް ޔާމީން އަންނަނީ އެކި ޕްލެޓްފޯމްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީންގެ އިތުރު އިއުތިރާފެއް: "ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު"ޚަބަރު | 16 ދުވަސް ކުރިންއެންމެފަހުން ޔާމީނަށް އެމްޑީޕީ ކަމުގޮސް ކީހާ ޅެން ފަރިއްސަށްރިޕޯޓް | 18 ދުވަސް ކުރިންޔާމީންގެ 5 މިލިއަން ޑޮލަރުގެ އިއުތިރާފު ފެތެނީ ޤާނޫނީ ގޮޅިއަކަށްރިޕޯޓް | 22 ދުވަސް ކުރިންޔާމީން ވަނީ ނުފޫޒު ފޯރުވާފަވާކަމަށް އަމިއްލަ ބަހުން އިޢުތިރާފުވެފައި: ޝުޖާއުޚަބަރު | 2 މަސް ކުރިން