logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީންގެ އިތުރު އިއުތިރާފެއް: "ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު"

މެންދުރު ޓީމް
22 އޯގަސްޓު 2025 - 16:39
ޔާމީންގެ އިތުރު އިއުތިރާފެއް: "ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު"

ވައްކަން ކުރި ކަމަށާއި އެކަން ކުރެއްވީ އަމިއްލަފުޅަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިއުތިރާފްވެވަޑައިގެންފިއެވެ.

ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމިއްލަ ވައްކަމުގެ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ހުރިހާ ވައްކަމެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އަދި ވައްކަމުން ހޯއްދެވި ލާރިވެސް ދަރިއެއް ނުވަތަ އަނބިމީހާގެ އެކައުންޓްގައި ވެސް ނުބަހައްޓަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުވިއްޔާ ހުރިހާ ވައްކަމެއް ކުރީ އަޅުގަނޑު، އެކަމަކު އަޅުގަނޑެއް އަޅުގަނޑު ކުރާ ވައްކަމާއި އަޅުގަނޑު އަތުގައި ހުރި ލާރި، އަޅުގަނޑު އެއަށް ފޭސް ކުރަން ނުކެރިގެން އަޅުގަނޑުގެ އަނބިމީހާ އާ ދަރިންގެ ނަމުގައި ނުބަހައްޓަމޭ" ޔާމީން ވިދާޅުވެފަވެއެވެ.

ވައްކަން ކުރި ކަމަށާއި އެކަން ކުރެއްވީ އަމިއްލަފުޅަށް ކަމަށް ޔާމީން ރައްޔިތުންގެ ކުރިމަތީގައި އަނެއްކާވެސް އިއުތިރާފްވެވަޑައިގެންފައިވާއިރު، 13 އޯގަސްޓްގައި އަދަދު ނޫހުން ގެނެސްދިން ޕްރޮގުރާމުގައި ވާހަކަދައްކަވަމުން  ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ކެމްޕޭނަށް ބޭރުގެ ދީލަތި ހެޔޮއެދޭ ފަރާތްތަކުން ''ހަދިޔާ''ގެ ގޮތުގައި 5 މިލިއަން ޑޮލަރު ދިންކަމަށް ވެސް ވަނީ އިއުތިރާފްވެވަޑައިގެންފައެވެ.

ޔާމީން ވައްކަންކުރެއްވީ އަމިއްލަފުޅަށްކަމަށް އިއުތިރާފްވެވަޑައިގެންފައިވާއިރު، ވައްކަމަކީ އިސްލާމް ދީނުގައި ޙަރާމް އަދި ރާއްޖޭގެ ޤާނޫނީ ކުށެކެވެ. އަދި ހަދިޔާ ގޮތުގައި ފަސް މިލިއަން ޑޮލަރު ހޯއްދެވުމުގައި ޢަމަލުކުރަށްވާފައި ވަނީ ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށްކަމުން އެއީ ވެސް ޔާމީން ކުރަށްވާފައިވާ ޤާނޫނީ ކުށެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 11 ދުވަސް ކުރިންޔާމީން ކޯޓަށް ގޮންޖައްސަވައި ފިއްލެވުން: ގާނޫނާއި ޚިލާފު ކިބުރުވެރި ޢަމަލެއްރިޕޯޓް | 2 މަސް ކުރިންކޯޓަށް ހާޒިރުނުވެ ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ކޯޓުގެ އިންޒާރުޚަބަރު | 2 މަސް ކުރިންއެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | 3 މަސް ކުރިން