logo
Bank of Maldives

Bank of Maldives

ރިޕޯޓް

"އެކަކު އަނެކަކުގެ ކަރުގައި ހިފައި އަދި ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެ

މެންދުރު ޓީމް
15 މޭ 2026 - 09:56
"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި"  ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ  ފުށުން ހެވެއް ނުލިބޭނެ

މިދިޔަ މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިދިކޮޅު ފަރާތްތަކުގެ ހަގީގީ ސޫރަ ނިކަން ސަރީހަ އިބާރާތުން ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އިދިކޮޅު ސިޔާސީ މަސްރަޙުގައި މިއަދު ތިބީ "އެކަކު އަނެކަކުގެ ކަރުގައި ހިފައި އަދި ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ބަޔެކެވެ. މިފަދަ ބައެއްގެ ފުށުން ގައުމަށް އެއްވެސް ހެވެއް ނުނުކުންނާނެ ކަމަށާއި، އެއީ ގައުމިއްޔަތާ ދުރު، އިސްލާމްދީނާ އިދިކީލި، އަދި ސިޔާސީ ގޮތުން ފެއިލްވެފައިވާ ބައެއްކަން އެމަނިކުފާނު ހަރުދަނާ ދަލީލުތަކާއެކު ބަޔާންކޮށްދެއްވިއެވެ.

ދީނީ ސިޔާސަތުތަކާއި ފެއިލްވެފައިވާ މާޒީ

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި އެމްޑީޕީގެ ދެ ސަރުކާރުގައިވެސް ގެންގުޅުނު ދީނާ ދުރު ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން އެމްޑީއެން (MDN) އިން ނެރުނު ރިޕޯޓުގައި އިސްލާމްދީނުގެ އަސާސްތަކަށާއި ކީރިތި ރަސޫލާއަށް ފާޅުގައި ހަޖޫޖަހާފައިވާކަން ފާހަގަކުރައްވައި، އެކަމުގައި އިސްކޮށް އުޅުނު މީހުންނަށް ކުރީ ސަރުކާރުން މަތީ މަގާމުތައް ދީފައިވާކަން ހަނދާންކޮށްދެއްވިއެވެ. އަދި 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ބުދު ބެހެއްޓުން ފަދަ އިސްލާމީ އަގީދާއާ ޚިލާފު ކަންކަން ހިންގާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ދީނާ ޚިލާފު ސިޔާސަތުތަކުގެ ސަބަބުން، ދީނުގެ ދިފާއުގައި ރައްޔިތުންނަށް މަގުމައްޗަށް ނުކުންނަން ޖެހުނު މާޒީއެއް އޮތްކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުން އެފަދަ ސިޔާސަތުތަކެއް އަލުން ގެންނަން ބޭނުން ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އިސްލާމްދީނަށް ނަސްރުދީ، ދީނީ ސިޔާސަތުތައް ވަރުގަދަކުރުން ކަމަށާއި، ބޭރުގެ އެއްވެސް ޖަމާއަތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެ ސިޔާސަތު ތަންފީޒުކުރުމުގައި ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ޢަދުލުއިންސާފާއި ޚިޔާނާތުގެ މައްސަލަތައް

ގައުމުގައި އިންސާފު ގާއިމުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކުރީ ސަރުކާރުގައި ހިނގާފައިވާ ވެންޓިލޭޓަރުގެ ބޮޑު ޚިޔާނާތާއި، އެމް.އެމް.ޕީ.އާރު.ސީގެ ވައްކަމުގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ޚިޔާނާތުގެ މައްސަލަތަކުގައި ވަކި ފަރާތަކަށް ބެލުމެއް ނެތި، ކުށްވެރިންނަށް ހައްގު އަދަބު ދިނުމަކީ ރައްޔިތުންގެ ބޮޑު އެދުމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ތަހުގީގުތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތާއި މިނިވަންކަން

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެ އޮތީ ބޭރުގެ ނުފޫޒުތަކަށް އަޅުވެތިވެފައި ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެއަށް އިސްކަންދޭ ސިޔާސަތެއް ކަމަށާއި، ވަކި ގައުމަކަށް ބުރަނުވެ، އިންޑިއާ އާއި ޗައިނާ ފަދަ ބޮޑެތި ބާރުތަކާއެކު ތިލަފަތް ހަމަ ގުޅުމެއް ބާއްވަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަރަބި އިސްލާމީ ގައުމުތަކާއެކު އޮތް ގުޅުން ހަރުދަނާވެ، ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރާ، ބަސްވިކޭ މިނިވަން ގައުމަކަށް ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ފޭލިއަރުންތަކެއް

ކުރީގެ ތިން ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި ސޯލިހު ގުޅިގެން މަސައްކަތް ކުރަން ނިންމެވި ނިންމެވުމަށް ރައީސް ޑރ. މުޢިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިދިކޮޅުގައި މިއަދު ތިއްބެވީ މާޒީގައި އެކަކު އަނެކަކަށް އަނިޔާވެރިވި، ސިޔާސީ ގޮތުން ފެއިލްވެފައިވާ ބޭފުޅުން ކަމަށެވެ. ރާއްޖޭގައި މިވަގުތު މަދުވަނީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެ އިދިކޮޅު ޕާޓީއެއް ކަމަށާއި، މިހާރު ފެންނަނީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ގުޅިގެން އުޅޭ މަންޒަރު ކަމަށް ސިފަކުރެއްވިއެވެ.

ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހިންނަށާއި ދިވެހި ގައުމަށް އިސްކަންދީ، ގައުމުގެ ހުރިހާ ކަމެއް ހަމަޖެހޭ މިސްރާބަކަށް ގެންދިއުން ކަމުގެ ޔަގީންކަން ރައީސް ރޭ ވަނީ ތަކުރާރުކުރަށްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ކޮންމެ ސިފައެއްގައި ނުކުތް ނަމަވެސް، ރައްޔިތުން ތިބީ ހޭލާ ކަމަށާއި، ގައުމުގެ މިނިވަންކަމާއި ދީނީ ވަހުދަތަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | 2 ގަޑިއިރު ކުރިންއެއްޖިންސުން ގުޅުންހިންގަން ހިތްވަރުދޭ ފޮތެއް ވިދާޅުވާން ނަޝީދު އިންނެވި ފޮޓޯ އަކަށް ސަމާލުކަން! ޚަބަރު | ދުވަހެއް ކުރިން"ބޮޑު ބަދަލު" ބައްދަލުވުން ލަންކާގައި ވެސް ބާއްވަނީޚަބަރު | 4 ދުވަސް ކުރިންޤާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުމަށް ދެ ޕާޓީއަކަށް އީސީގެ އެންގުމެއް!ޚަބަރު | 17 ދުވަސް ކުރިން