logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހު

އައިޝަތު ނަޝާ
14 ޖޫން 2026 - 15:28
ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހު

ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން އަންނަމަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ޝަރީއަތްތަކުގެ ތާވަލުގައިވާ ގޮތުން މި މައްސަލައިގެ ޙުކުމް އިއްވުން އޮންނާނީ ޖުލައި 1 ވާ ބުދަ ދުވަހުގެ ހެނދުނު 09:00ގައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުތައް ހިންގުމުގައި ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ޤަބޫލުކުރުމުގެ އިތުރުން، އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު، މި މައްސަލައިގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް 18 އެޕްރިލް 2024ގައި ހައިކޯޓުން ވަނީ އެ ޙުކުމް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އަލުން ބެލިއިރު ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައި ވާތީ ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މި މައްސަލާގެ އަޑުއެހުންތައް މިދިޔަ ސެޕްޓެމްބަރުމަހު ނިންމާލާފައި ވަނިކޮށް މި މައްސަލައިގެ އިތުރު އަޑު އެހުމެއް ބޭއްވީ ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި އޮތް އާރަށު މައްސަލައިގެ ޝަރީއަތްވެސް ވަނީ މަޑުޖައްސާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކިތަކާ މެދު ގޮތެއް ނިންމުން އަންނަ މަހުޚަބަރު | 2 ގަޑިއިރު ކުރިންވާނުވާ ބަންދު ތައާރަފުކުރީ ރައީސް ނަޝީދު، އިތުރުކުރީ ރައީސް ޔާމީން: މެމްބަރު ޝުޖާއުޚަބަރު | 6 މަސް ކުރިންޔާމީން ކޯޓަށް ގޮންޖައްސަވައި ފިއްލެވުން: ގާނޫނާއި ޚިލާފު ކިބުރުވެރި ޢަމަލެއްރިޕޯޓް | 8 މަސް ކުރިންކޯޓަށް ހާޒިރުނުވެ ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ކޯޓުގެ އިންޒާރުޚަބަރު | 8 މަސް ކުރިން