logo
Bank of Maldives

Bank of Maldives

ޚަބަރު

ޔާމީން މިވަނީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވާފަވާކަމަށް އަމިއްލަ ބަހުން އިޢުތިރާފުވެފައި: ޝުޖާއު

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ޖުލައި 2025 - 06:20
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް، ޕީޕީއެމްގެ ރައީސަކަށް ހުންނަވައި މީހުންނަށް ބިރުދައްކައި ނުފޫޒު ފޯރުވާފައިވާކަމަށް އަމިއްލަ ބަހުން ޢިއުތިރާފްވެއްޖެކަމަށް ބާރަށު ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ، ޔާމީން އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގެ ކޮޓަރިކޮޅެއްގައި ހިންގަވާ ޕީއެންއެފްގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންއެފްގެ ''ސިޓިން ރޫމް ޖަލްސާ''ގެ ގޮތުގައި މަޝްހޫރުވެފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްގައި ޔާމީން ވަނީ މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ޝުޖާއު ގެންނަން ދެކޮޅުހެއްދެވިކަމަށް ވިދާޅުވެފައެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުކަމަށް ޝުޖާޢު ގެންނަން ޕާޓީގެ އިސް ބޭފުޅުން ބޭނުންވެ އެއިރު ރޫހް އޮތީ އެހެންކަމަށާއި، ނަމަވެސް ''ތިކަމެއް ތިހެންނުވާނެ'' ކަމަށް ވިދާޅުވެ، ޖަލުން މިނިވަންވުމާއެކު އެކަން ހުއްޓުވިކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ މިވާހަކަފުޅު ހިމަނައި މީހަކު ޓިކޮްޓޮކަށް ލާފައިވާ ވީޑިއޯއެއް ހިމަނުއްވައި، ޝުޖާއު ވަނީ އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ.

''ޑިމޮކްރެޓިކް އުޞޫލުތައް ނަގަހައްޓާ ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމަށް އަޑު އުފުލާ ވަކާލާތު ކުރާ ކަމަށް ބުނާ ވެރިން ޕާޓީގެ ރައީސްގެ މަޤާމުގަ ހުރެ އެހެން މީހުންނަށް ބިރު ދައްކާ، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ނުފޫޒު ފޯރުވާފަވާކަމަށް އަމިއްލަ ބަހުން އިޢުތިރާފު ވެފަ މިއޮތީ'' ޝުޖާޢު ވިދާޅުވެފަވެއެވެ.

 

 

ޝުޖާއު ވިދާޅުވެފައި ވަނީ އޭނާގެ އިތުބާރު ރައީސް ޔާމިނަށް ގެއްލުނީ އެހާ ހިސާބުން ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމިން ޕާޓީ ދޫކުރައްވާ ވަޑައިގަތުމާ ހަމައަށް އެމަނިކުފާނަށް ކުރާތާޢީދާއި އިޚްތިރާމަށް ކުޑަވެސް ހީނަރުކަމެއް ނައިސް ޕާޓީއަށް ކުރީ އިޚްލާސްތެރި ޚިދުމަތްކަން ޢާންމު މެމްބަރުން ޤަބޫލު ކުރާކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޔާމީން ގެންދަވަނީ ޕީއެންއެފްގެ ''ސިޓިން ރޫމް ޖަލްސާ''ތައް ބާއްވަވައި، ހިތުގެ އުދާސްތައް ބަންޑުން ކުރައްވަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔާމީން ކޯޓަށް ގޮންޖައްސަވައި ފިއްލެވުން: ގާނޫނާއި ޚިލާފު ކިބުރުވެރި ޢަމަލެއްރިޕޯޓް | 9 ގަޑިއިރު ކުރިންކޯޓަށް ހާޒިރުނުވެ ދިއްދޫއަށް ވަޑައިގަތުމުން ޔާމީނަށް ކޯޓުގެ އިންޒާރުޚަބަރު | 13 ގަޑިއިރު ކުރިންރާއްޖޭގައި ކުރެވޭ އިންވެސްޓުމެންޓުތައް އިތުރުކުރުމަށް އެސްއީޒެޑް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި ޚަބަރު | 7 ދުވަސް ކުރިންއެމްއެމްޕީއާރުސީ ވައްކަމުގެ ފަހަތުން އަދިވެސް ދާން ޖެހޭ، ހަނދާން ނައްތާލައިގެން ނުވާނެ: ވަކީލް މުއިއްޒުޚަބަރު | މަހެއް ކުރިން