logo
Bank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ފޮޓޯ ކޮޅެއް ހޯދާލަން: ޝުޖާއު

މަރިޔަމް މާޙީ
19 އޭޕްރީލު 2026 - 07:05
ރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ފޮޓޯ ކޮޅެއް ހޯދާލަން: ޝުޖާއު

މާލޭގެ މަގުތަކުގައި ކޮންމެ ރެއަކު ރައްޔިތުންނަށް ދަތިވާގޮތަށް ކުރިއަށްގެންދާ މުޒާހަރާތަކަކީ އެއްވެސް އަސާސެއް އޮވެގެން ކުރާ ކަންކަން ނޫން ކަމަށާއި، އެއީ ހަމައެކަނި ފޮޓޯ ކޮޅެއް ހޯދާލުމަށް ކުރާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ މާލޭގެ މަގުތައް ހަލަބޮލިކޮށް ރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރުން ވަކިކަމެއް ގޯސްކޮށް ކޮށްގެން ނުވަތަ ކުރާތީ ކުރާ މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި މި ވަގުތަކީ ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ލިބެމުންދާ ވަގުތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޕާޓީގެ ލީޑަރުން ތިއްބެވީ ހެޔޮހާލުގައި ގޭގައި. ނުހައްޤުން ޖަލުގައި ހުރި އެކަކުވެސް ނެތް. ސިޔާސީ އަނިޔާ ލިބެމުންދާ އެކަކުވެސް މިހާރަކު ނެތް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ، އިޞްލާޙު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވަމުން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ރައީސް އިސްނަންގަވައިގެން ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުޒާހަރާތަކުގެ އަސްލު މަޤްޞަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މިއީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ވާދަކުރައްވާ އެ ޕާޓީގެ މެންބަރުން "ޕޮލިޓިކަލް އިމޭޖް" ހޯދުމަށް ކުރާ ކަމެއް ކަމަށެވެ. މުޒާހަރާގެ ތެރެއިން ފޮޓޯ ނަގައި، "ޤުރުބާންވީ ތިމަންނައޭ" ބުނެ ޕާޓީގެ މެންބަރުންނަށް ދެއްކުމަކީ މި މުޒާހަރާތަކުގެ މައިގަނޑު ބޭނުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް އަސާސެއް ނެތް ކަންކަމުގައި މިފަދަ އުނދަގޫތައް ކުރިމަތިކުރުވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ޝުޖާއު ވަނީ ސިފަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ސްމާޓް ފޯނަކަށް ބަދަލުވަމުންދާއިރު ދިވެހިން ކަރުދާހުގައި ތަތްވެފައި ތިބެގެން ނުވާނެ: ޝުޖާޢުޚަބަރު | 4 ދުވަސް ކުރިންމި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | 8 ދުވަސް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 8 ދުވަސް ކުރިންކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | 11 ދުވަސް ކުރިން