logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއު

Screenshot
Screenshot

ކޮންމެ ފަހަރަކު ޕީއެންސީން ވެރިކަމާ ހަވާލުވާން މިޖެހެނީ އެމްޑީޕީން ވެރިކަމުގައި އޮވެ "ހާވާފައި އޮންނަ ހަޑި" ސާފުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖެ ލޫޓުވާލާފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ މައި އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ވެރިކަން ކުރަން ނޭނގޭ ކަމަށާއި، އެކަން ދަސްކުރަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރުތަކުން ނެގި ލޯނުތަކުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުވަތަ ޤައުމުގެ އިޤްތިޞާދަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި ދެއްކުމާ ގުޅޭގޮތުން ޝުޖާއު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުގެ ސަރުކާރުން ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި 1.2 ބިލިއަން ޑޮލަރު ލޯނު ދެއްކުމަށް ޚަރަދު ކޮށްފައިވެއެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވަނީ 191.25 މިލިއަން ޑޮލަރެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި 428.68 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. އަދި ރައީސް ޔާމީންގެ މުޅި ދައުރުގައި 418.17 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ރައީސް ޞާލިޙްގެ މުޅި ދައުރުގައި 953.93 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމިދިޔަ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 1.14 ބިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ 710.4 މިލިއަން ޑޮލަރާއި، ރައީސް ނަޝީދާއި ރައީސް ވަޙީދުގެ ސަރުކާރުގެ 150 މިލިއަން ޑޮލަރުގެ އިތުރުން ރައީސް މައުމޫންގެ ސަރުކާރުން ނަގާފައިވާ 106.3 މިލިއަން ޑޮލަރުވެސް ބާކީ އެބައޮތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީ ނައިބު ރައީސް ކަމަށް ނިމާލް ވާދަ ކުރައްވަނީޚަބަރު | 4 ދުވަސް ކުރިންތިން މަސްތެރޭ ދަރާނެ ކަމަށް ބުނި ގައުމު، ދަރުވާނުލާތީ، 2028 ރައީސް އަށް ދޭންޖެހޭ: އަދުރޭޚަބަރު | 4 ދުވަސް ކުރިން ފީނިފީންޏަށް މުވައްޒަފުން ވެއްދުމުގެ ސަގާފަތް ފެށީ އެމްޑީޕީން ބާރުވެރިކަން ހޯދަން: ޝުޖާއުޚަބަރު | 7 ދުވަސް ކުރިންޕީއެންސީގެ ނައިބު ރައީސް ކަމަށް، މުންދު، ރާފިއު، ސައުދާ، ސައީދު، ޝުޖާއު އަދި އަސްމައްތަ ވާދަކުރައްވަނީޚަބަރު | 8 ދުވަސް ކުރިން