logo
Bank of Maldives

Bank of Maldives

ރިޕޯޓް

މި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަ

މެންދުރު ޓީމް
19 ޖޫން 2026 - 03:47
މި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަ

 

ސިޔާސީ ބާރުވެރިކަމުގެ ތެރެއިން އާންމު ރައްޔިތުންނަށް ލިބޭ އަނިޔާއާއި އިހާނެތިކަމުގެ ވާހަކަތަކަކީ ފޮޮޓޯއެއްގެ ފްރޭމުން ފެންނަ މަންޒަރަށްވުރެ މާ ފުން، ހިތްދަތި ވާހަކަތަކެކެވެ. މިއަދު އަޅުގަނޑުމެން މި ދައްކަނީ ވަޒީފާގެ ބިރުވެރިކަމާއި، ނަފްސާނީ އަނިޔާގެ ތެރޭގައި ދިވެހި ރައްޔިތަކު ތަހައްމަލުކުރި ހިތްދަތި ތަޖުރިބާގެ ވާހަކައެވެ. އެވާހަކަ އަކީ މިއަދުގެ ވާހަކައެއް ނޫނެވެ. ކެނެރީގެ މުހައްމަދު ނަޝީދު (އައްނި)ގެ ކުރެއްވި އެމްޑީޕީގެ ފުރަތަމަ ވެރިކަމާއި، އިބްރާހިމް މުހައްމަދު ޞާލިޙް (އިބޫ) ކުރެއްވި އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ތެރެއަށް ފީނާލުމުން އެތައް ރައްޔިތަކު ކުރި މި ހިތްދަތި ތަޖުރިބާ ކުލަވެގެން ދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޮޓޯ ފުރޭމަކީ އެއިގެ އެއް ރައްޔިތެއްގެ ވާހަކައެވެ. އޭނާ ކުރި ހިތްދަތި ހިތި ތަޖުރިބާގެ ވާހަކައެވެ. އެމްޑީޕީގެ އެއިރުގެ ސަރުކާރުން ދިން ނަފްސާނީ އަދި ދިރިއުޅުމީ ގެއްލުމުގެ ވާހަކަ މި ފޮޓޯ ފުރޭމުން ކިޔައިދެއެވެ. މި ތަޖުރިބާކުރި އެއްމެ ރައްޔިތެއްގެ މިސާލުން ވެސް އެ އަނިޔާވެރިކަން ހިތްމައްޗަށް އާދެއެވެ.

ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރުން

ވަޒީފާއަކީ ކޮންމެ އިންސާނެއްގެވެސް ދިރިއުޅުމުގެ އަސާސެވެ. ނަމަވެސް، އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ފެނިގެންދިޔައީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ ވަޒީފާ ގެއްލިގެންދިޔަ މަންޒަރެވެ. އެމް.ޑީ.ޕީގެ ސަރުކާރުގައި، ސަރުކާރާ ދެކޮޅު ފިކުރުގެ މީހުން ވަޒީފާތަކުން ވަކިކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އެ ޕާޓީގެ އިސްވެރިންނާއި އެކްޓިވިސްޓުން ސިފަކުރިއެވެ. އެދުވަހު އެމީހުންގެ ދުލުން ނުކުތް ބަސްތަކުން، އެތައް އާއިލާއެއް ބިކަވެދާނެ ކަމުގެ އެއްވެސް އިހުސާސެއް ނެތްކަން ހާމަވެގެންދިޔައެވެ.

ކޯޓު ހުކުމަށް ގޮންޖެހުމާއި އިހާނެތިކަން

ވަޒީފާއިން ވަކިކުރި މި ފްރޭމްގެ ވެރި މުވައްޒަފު އޭނާގެ ހައްގު ހޯދުމަށް ޓްރައިބިއުނަލަށް ހުށަހެޅުމުން، ދެ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކުރިއެވެ. ނަމަވެސް، އިންސާފުގެ ކުރިމަތީގައިވެސް ބާރުވެރިން ދެއްކީ ނުފޫޒެވެ. ތިން މަސް ދުވަހު ހުކުމް ތަންފީޒުނުކޮށް ހިފެހެއްޓުމަށްފަހު، ވަޒީފާއަށް ނެރުނު ދުވަހުން ފެށިގެން ކުރިމަތިލާންޖެހުނީ މަލާމާތާއި ފުރައްސާރައާއެވެ. މިއީ ހަމައެކަނި ވަޒީފާއެއްގެ މައްސަލައެއް ނޫނެވެ. މިއީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެކެވެ.

ނަފްސާނީ އަނިޔާއާއި ފާރަވެރިވުން

ވަޒީފާގެ މާހައުލުގައި ދެވުނު އެންމެ ބޮޑު އެއް އަނިޔާއަކީ މުވައްޒަފަކަށް ފާރަވެރިވުމަށްޓަކައި ކެމެރާ ހަރުކުރުމެވެ. މަސައްކަތްކުރާ މޭޒާ އެންމެ ފަސް ފޫޓު ދުރުގައި ކެމެރާ ހަރުކޮށް، އެއްވެސް ޒިންމާއެއް ހަވާލުނުކޮށް، ހަ ގަޑިއިރު ވަންދެން އެ ކެމެރާގެ ކުރިމަތީގައި އިށީނދެގެން އިނުމަށް މަޖުބޫރުކުރުވިއެވެ. މީގެ އިތުރުން، ބްރޭކަށްދާ ވަގުތުތައް ބަލައި ނޯޓުކުރުމަކީ ޖަލެއްގެ ތެރޭގައި ކަންކަން ކުރާ އުސޫލުން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. މިއީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އެއް ނަފްސާނީ އަނިޔާއެވެ.

ބަސްމަގުގެ ހުތުރުކަމާއި އިހުލާސްތެރިކަމެއް ނެތުން

މުވައްޒަފުންނާ މުހާތަބުކޮށް އިސްވެރިން ބޭނުންކުރި ބަސްމަގަކީ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތް ބަސްތަކެކެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ މީހުންނަކީ "ބަޅުންތައް" ކަމަށް ސިފަކޮށް، އެމީހުން ވަޒީފާތަކުން ބޭރުކުރަންޖެހޭ ކަމަށް ބުނުމަކީ ބާރުގެ މަސްތުގައި ތިބެ ކުރި ވަރަށް ހިތްދަތި ކަމެކެވެ. މިއަދު އެމް.ޑީ.ޕީ އިން ވަޒީފާއިން ވަކިކުރުމުގެ މައްސަލައިގައި ދައްކާ ވާހަކަތަކަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް، ލަދުވެތި ވާހަކަތަކެއްކަން މި ހާދިސާތަކުން ހެކިދެއެވެ.

މިއީ އެކެއްގެ ވާހަކައެއްނޫން

މި ވާހަކައަކީ ހަމައެކަނި އެކެއްގެ ޝަކުވާއެއް ނޫނެވެ. މިއީ ސިޔާސީ ބާރުވެރިކަމުގެ ނިވަލުގައި ތިބެގެން ރައްޔިތުންނަށް ދިން އަނިޔާވެރިކަމުގެ ފޮޓޯ ފްރޭމެކެވެ. އިންސާފުގެ ވާހަކަ ދައްކާއިރު، އަމިއްލަ އަތުން ކުރި މިފަދަ އިހާނެތި އަމަލުތައް ހަނދާން ނައްތާލައިގެން ނުވާނެއެވެ. ވަޒީފާގެ މާހައުލަކީ ކޮންމެ މީހަކަށްވެސް އަމާން، އިހުތިރާމް ލިބޭ ތަނަކަށް ވާންޖެހެއެވެ. މިފަދަ އަނިޔާވެރިކަމުގެ ސަގާފަތެއް ދިވެހި މުޖުތަމައުގައި ތަކުރާރުވިޔަ ދީގެން ނުވާނެއެވެ. އެހެންވީއިރު އެމްޑީޕީން އަށް މިއަދު''އަނގަ ހުޅުވައިލެވެން'' އެބަ އޮތްހެއްޔެވެ؟ ނޫނެކެވެ. އެކަން މި ފޮޓޯ ފްރޭމް އެކަނިވެސް ސާބިތުކޮށްދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | 2 ގަޑިއިރު ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 11 ގަޑިއިރު ކުރިން''އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިންމާލީ އިސްލާމް ދީނަށް ޖޯކު ޖެހި މީހުންނަށްރައްޔިތުންގެ ފައިސާއިން މުސާރަ ދެމުން''ޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީއަކީ ފަނާކުރުވަނި ފިކުރެއް، ޕީއެންސީ އަކީ ބިނާކުރުވަނިވި ފިކުރު: ރައީސްޚަބަރު | 4 ދުވަސް ކުރިން