logo
MPL

MPL

ރިޕޯޓް

މުޒާހަރާއަށް މީހުން ގެންދަން ހަދާ ޑޮލަރު ދޮގަށް ނަންބަރުތަކުން ބުނެދޭ ތެދު

މެންދުރު ޓީމް
13 އޯގަސްޓު 2026 - 11:27
މުޒާހަރާއަށް މީހުން ގެންދަން ހަދާ ޑޮލަރު ދޮގަށް ނަންބަރުތަކުން ބުނެދޭ ތެދު

ދިވެހިރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާ ގުޅުވައިގެން ސިޔާސީ މަގުސަދުތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ގައުމުގެ ހަމަޖެހުމަށް ނުހަނު ބޮޑަށް އަސަރުކުރާ ކަމެކެވެ. ހާއްސަކޮށް، މުޒާހަރާތަކަށް މީހުން އެއްކުރުމަށާއި ސިޔާސީ މަންފާ ހޯދުމަށްޓަކައި ޑޮލަރުގެ ތަދުމަޑުކަމާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ މާކެޓްގައި ނުތަނަވަސްކަން އުފައްދައި، ބްލެކް މާކެޓަށް އިތުރަށް ހިތްވަރުލިބި، ވިޔަފާރިވެރިންނަށާއި މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރާ ކަމެކެވެ.

ރަސްމީ ތަފާތުހިސާބުތަކަށް ބަލާއިރު ފެންނަން އޮތް ހަގީގަތަކީ މުޅިން ތަފާތު މަންޒަރެކެވެ. އެހިސާބު ގޮސް ހުއްޓެނީ ޑޮލަރާއި ގުޅުވައި ވާހަކަ ދައްކާ އިދިކޮޅު ފަރާތްތަކާއި ހަމައަށެވެ. މި ހިސާބުތަކުން ފެންނަނީ ޑޮލަރުގެ ވާހަކަ މިއަދު ހަރު އަޑުންގޮވާ އިދިކޮޅު މީހުންގެ ނާގާބިލުކަމުގެ ނަތީޖާއެވެ. ލިބުނު ފުރުސަތުގައި ގައުމަށް ހަދާލިގޮތުން ވާރުތަކުރި ވޭނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދުގެ ކުރު މެސެޖުން ނިކަން ބޮޑަށް މިކަން ސާފުވެއްޖެއެވެ.

ބޭންކިން ނިޒާމުގެ ތެރެއިން ދޫކުރެވޭ ޑޮލަރުގެ އަދަދުތައް އިތުރުވުން

ހަގީގަތަކީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، މިއަދު ރަސްމީ ރޭޓުގައި (15.42 ރުފިޔާގެ ރޭޓުގައި) އެމްއެމްއޭގެ ސަޕޯޓާއެކު ބޭންކުތައް މެދުވެރިކޮށް ރައްޔިތުންނަށް ދޫކުރެވޭ ޑޮލަރުގެ އަދަދު ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު ބޭންކު ކާޑުތަކަށް މަހަކު އެވްރެޖްކޮށް 10 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވުނުއިރު، މިހާރު ކާޑުތަކަށް މަހަކު 39 މިލިއަން ޑޮލަރު ބޭނުންކުރެވެއެވެ. މިއީ އިގްތިސާދީ ގޮތުންނާއި އާންމުންގެ އީ-ކޮމާސް މުއާމަލާތްތަކަށް ބޭންކިން ނިޒާމުން ދެވޭ އެހީތެރިކަން އިތުރުވެފައިވާކަމުގެ ސާފު ހެކިތަކެކެވެ. 2021 ގައި އޮތީ އެމްޑީޕީގެ ވެރިކަމެކެވެ.މިކަމަށް އިތުރު ވާހަކައެއް ދެން ދައްކަން ޖެހޭތޯއެވެ؟

ވިޔަފާރިތަކަށާއި އިމްޕޯޓަށް ދެވޭ ސަޕޯޓް

ވިޔަފާރިވެރިންނަށް ޓީޓީ ހެދުމަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ މިންވަރަށް ބަލާއިރުވެސް ބޮޑު ކުރިއެރުމެއް މިހާރު ވަނީ އައިސްފައެވެ. އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް ދޫކޮށްފައިވަނީ އެންމެ 6.7 މިލިއަން ޑޮލަރެވެ. މިއީ އޭރުގެ ވިޔަފާރި ޓީޓީތަކުގެ އެންމެ 5 އިންސައްތައެވެ. ނަމަވެސް، މިހާރު ބޭންކުތަކުން މަހަކު ގާތްގަނޑަކަށް 26.6 މިލިއަން ނުވަތަ 27 މިލިއަން ޑޮލަރު ދޫކުރެއެވެ. މިއީ ވިޔަފާރިވެރިންގެ ޓީޓީތަކުގެ 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދެކެވެ. މިއިން އެނގެނީ ވިޔަފާރިތައް ހިނގަހައްޓަން ބޭންކިން ނިޒާމުގެ ތެރެއިން ދެވޭ އެހީތެރިކަން އެތައް ގުނައަކުން ބޮޑުވެފައިވާ ކަމެވެ.

ތައުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރަށް ދޫކުރެވޭ ޑޮލަރު

އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރުވެސް ވަނީ މާޒީއާ އަޅާބަލާއިރު ވަރަށް އިތުރުވެފައެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެމްޑީޕީގެ ވެރިކަމުގައި 2021 ގައި މަހަކު 1.9 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު އެ އަދަދު ވަނީ ދެގުނަ އިތުރުވެ، މަހަކު 3.9 މިލިއަން (ގާތްގަނޑަކަށް 4 މިލިއަން) ޑޮލަރަށް އަރާފައެވެ.

ބޭސްފަރުވާއަށް ބަލާއިރު، 2021 ގައި ދޫކުރީ މަހަކު 159,000 ޑޮލަރެވެ. އަދި 2022 އާއި 2023 ގައިވެސް އުޅުނީ 3 ލައްކަ ޑޮލަރަށްވުރެ ދަށުގައެވެ. ނަމަވެސް މިހާރު ހަމައެކަނި ބޭސްފަރުވާއަށްވެސް މަހަކު 3 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރެވެއެވެ. މީގެއިތުރުން، ރާއްޖެއިން ބޭރަށް ދާ މީހުންނަށް 2021 ގައި މަހަކު 1.5 މިލިއަން ޑޮލަރު ދޫކުރިއިރު، މިހާރު މަހަކު ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކުރެވެއެވެ.

ބްލެކް މާކެޓާއި ސިޔާސީ ހަގީގަތް

ބްލެކް މާކެޓް އުފެދެނީ ބޭންކިން ސިސްޓަމުގެ ތެރެއަށް ޑޮލަރު ނުވައްދައި، ބޭރުން ލިބޭ ޑޮލަރު އަމިއްލައަށް ބޮޑު އަގުގައި ވިއްކުމުންނެވެ. މިފަދަ ކަންކަމަށް ހިތްވަރުލިބެނީ ބައެއް މީޑިއާތަކުގެ ހެޑްލައިންތަކާއި، ސިޔާސީ ފަރާތްތަކުން ފަތުރާ ދޮގު ހަބަރުތަކުގެ ސަބަބުންނެވެ. ތާރީހަށް ބަލާއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑޮލަރު ރޭޓް ކުޑަކުރަން ކުރު މުއްދަތެއްދީ، ބޭންކުތަކާއި މަސްމާރުކޭޓާ ހަމައަށް ކިއު ދަމާލި ދުވަސްވަރުވެސް، ކޮންމެ ޑޮލަރެއްގެ ފަހަތުގައުި ފުލުހެއް ބައްޓަވާނެކަމަށް ވިދާޅުވި ނަމަވެސް ނުވަތަ ރަސްމީ ބޭންޑެއް ކަނޑައެޅިނަމަވެސް، އެވެރިކަން ނިމުނުއިރު މާކެޓް ރޭޓް 17 ރުފިޔާއަށްވުރެ މައްޗަށް ދިޔަ ތާރީހު އަޅުގަނޑުމެން ދެކުނީމެވެ.

ސިޔާސީ މުޒާހަރާތަކަށް މީހުން އެއްކުރުމުގެ ބޭނުމުގައި ޑޮލަރުގެ ހާލަތާ ގުޅުވައިގެން ދޮގު ވާހަކަތައް ދެއްކި ނަމަވެސް، އެމްއެމްއޭ އަދި ބީއެމްއެލްގެ ތަފާތުހިސާބުތަކުން ފެންނަން އޮތް ހަގީގަތަކީ މީގެކުރިން ދުވަހަކުވެސް ދޫނުކުރާ މިންވަރަށް އާންމުންނަށާއި، ވިޔަފާރިވެރިންނަށާއި، ކިޔަވާ ދަރިވަރުންނަށް ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރެވެމުންދާ ކަމެވެ. ރައްޔިތުންނަށް މި ހަގީގަތްތައް ސާފުކޮށްދީ، އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެންގެވެސް ފަރުދީ އަދި ގައުމީ ޒިންމާއެކެވެ. ހަގީގަތަކީ މިއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޒާހަރާއަށް މީހުން ގެންދަން ހަދާ ޑޮލަރު ދޮގަށް ނަންބަރުތަކުން ބުނެދޭ ތެދުރިޕޯޓް | 2 ގަޑިއިރު ކުރިންއެމްޑީޕީން ބޭނުން ވަނީ ފޮޓޯއެއް، އުޅެނީ މަޖީދީމަގުގައި މުޒާހަރާކޮށް ރައްޔިތުންނަށް ތުރާޖައްސަން؟ރިޕޯޓް | 2 ދުވަސް ކުރިންހަތް ލެޕްޓޮޕުން ގައުމު ހިންގުމާއި މުޒާހަރާއަކުން ގައުމުގެ ހާލަތު ބަދަލުކުރުމުގެ ޖޯކުރިޕޯޓް | 5 ދުވަސް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 6 ދުވަސް ކުރިން