logo
Bank of Maldives

Bank of Maldives

ރިޕޯޓް

ހަތް ލެޕްޓޮޕުން ގައުމު ހިންގުމާއި މުޒާހަރާއަކުން ގައުމުގެ ހާލަތު ބަދަލުކުރުމުގެ ޖޯކު

މެންދުރު ޓީމް
8 އޯގަސްޓު 2026 - 05:44
އެމްޑީޕީން ޕްރެސްކޮންފަރެންސް ދެނީ، މި ބޭފުޅުން ބުނަނީ މުޒާހަރާއަކުން ގައުމުގެ ހާލަތު ބަދަލުކޮށްލާނެކަމަށް، ފޮޓޯ: އެމްޑީޕީ
އެމްޑީޕީން ޕްރެސްކޮންފަރެންސް ދެނީ، މި ބޭފުޅުން ބުނަނީ މުޒާހަރާއަކުން ގައުމުގެ ހާލަތު ބަދަލުކޮށްލާނެކަމަށް، ފޮޓޯ: އެމްޑީޕީ

މިއަދު އިދިކޮޅުގައި އޮތް އެމްޑީޕީން އިހަށްދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ދިން މެސެޖަކަށްވެފައި މިއޮތީ މި މަހު އެޕާޓީން ކުރަން ނިންމާފައިވާ މުޒާހަރާއިން ގައުމުގެ ހާލަތު ބަދަލުކޮށްލާނޭ ވާހަކައެވެ. އެއީ ގައުމުގެ ތަކެތީގެ އަގު ބޮޑުވުމުން އެކަން ރަނގަޅުކުރާ ދުވަސް ކަމަށްވެސް ބުނަމުން އެބަދެއެވެ.

މިފަދަ ވާހަކަތަކަށް އާންމު ރައްޔިތު މީހާ ނަޒަރިއްޔާތުން ވިސްނާލުމުން ތިމާ އަމިއްލަ ސިކުނޑިން ވިސްނާލުމުން މިކަން ވަނީ ބޮޑު ޖޯކަކަށެވެ. ބައެއް މީހުން އަރަތަކަށޭވެސް ބުނެދާނެއެވެ. އެއިގެ ކުޑަ ދެ މިސާލު އެމްޑީޕީގެ ދެ ވެރިކަމުން ނަގަމާ ބަހީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް އައުމަށްޓަކައި އެ ޕާޓީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންނެވި 'ހަތް ލެޕްޓޮޕުން ގައުމު ހިންގާނެ' ކަމުގެ ވައުދު އެއް މިސާލަކަށް ނަގަމާތޯއެވެ. މިއީ އޭރުގެ ރައްޔިތުންނަށް އާދަޔާ ހިލާފު، ޒަމާނީ އަދި އުންމީދީ ވާހަކައަކަށް ވީ ނަމަވެސް، މިއަދު އެ ވާހަކަތަކަށް އެނބުރި ބަލާލާއިރު ފެންނަނީ ހަގީގަތާ ނުބައްދަލު އަރަތެއްގެ ގޮތުގައެވެ. ރައްޔިތުން އެ ބޮޑު ވައުދަށް އިތުބާރުކޮށް ވެރިކަން ހަވާލުކުރި ނަމަވެސް، ފެނިގެންދިޔައީ ވެރިކަން ފުރިހަމަ ނުކުރެއްވި، މުއްދަތުގެ މެދުތެރެއިން އިސްތިއުފާ ދެއްވި މަންޒަރެވެ.

ހަތް ލެޕްޓޮޕުން ގައުމުގެ ހިންގުމުގެ ނަތީޖާއިން ތަންކޮޅެއް

ހަތް ލެޕްޓޮޕުން ގައުމު ހިންގާނެކަމަށް ބުނެ އައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ފެނިގެންދިޔައީ ދައުލަތުގެ މުހިންމު ރައުސްމާލުތައް ވިއްކާލި މަންޒަރެވެ. މައި އެއާޕޯޓްގެ ލަގަން ބޭރު ބަޔަކަށް ވިއްކައިލުމާއި، ދިރާގު އަދި އެމްޑަބްލިޔުއެސްސީ ފަދަ ފައިދާވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމަކީ ގައުމުގެ މާލީ ތަނަވަސްކަމަށް ލިބުނު ބޮޑު ލޮޅުމެކެވެ. މީގެ އިތުރުން ސިވިލް ސާވަންޓުންގެ މުސާރައިން އިންސައްތައެއް އުނިކުރުމާއި، ދަތުރުފަތުރުގެ ނިޒާމުގެ ނަމުގައި ރަށްޓެހިންނަށް ފަޅުރަށްތަކާއި ފައިސާ ބަހާލުމަކީ އިގްތިސޯދު އަނދަވަޅަކަށް ވައްޓާލި ކަމެކެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު އެހާ ދަށަށް ގޮސް، އަސާސީ ހިދުމަތްތައް ދޭ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޭނުންވާ ތަކެތި ނުހޯދޭމިންވަރަށް ދަތިތަކާ ކުރިމަތިވިއެވެ. މިއީ ހަތް ލެޕްޓޮޕުން ގައުމު ހިންގިގޮތުގެ ކުޑަ މިސާލެކެވެ.

މިއަދުގެ ހާލަތަކީ އެމްޑީޕީގެ ދެވަނަ ވެރިކަމުން ރައްޔިތުންނަށް ދިން ތުރާލެއް

ދެވަނަ ފަހަރަށް ލިބުނު ވެރިކަމުގައިވެސް ފެނިގެންދިޔައީ ހަމަ މިފަދަ އިގްތިސޯދީ ގޯސް ނިންމުންތަކެކެވެ. އަށް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުމުގެ ނަތީޖާއަކީ ދިވެހި ފައިސާގެ އަގު ވެއްޓި، ޑޮލަރުގެ ރޭޓު އިންތިހާއަށް މައްޗަށް ދިއުމެވެ. މިއަދު ރައްޔިތުން 21 ރުފިޔާއަށްވުރެ މަތީ އަގުގައި ޑޮލަރު ގަންނަން ޖެހުމާއި، ޑޮލަރު ހޯދުމަށް ސަލާންޖަހަން ޖެހުމަކީ އެ ދުވަހުގެ އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ދޯހަޅި ނިންމުންތަކުގެ ހިތި ނަތީޖާއެވެ. މިފަދަ ހާލަތަކަށް ގައުމު ވައްޓާލި ބަޔަކު، މިއަދު އަނެއްކާވެސް އާ ވާހަކަތަކެއް ދައްކަން ފަށައިފިއެވެ. މިއީ ދެވަނަ ވެރިކަމުގައި ގައުމަށް ލިބުނު އަނިޔާގެ ކުޑަ މިސާލެކެެވެ.

މުޒާހަރާއަކުން ގައުމު ބަދަލުކުރުމުގެ ޖޯކު

އެމްޑީޕީން މިހާރު ދައްކަމުންދާ އެންމެ އާދަޔާ ހިލާފު ވާހަކައަކީ މުޒާހަރާއަކުން ގައުމުގެ ހާލަތު ބަދަލުކޮށްލާނެ ކަމަށް ބުނާ ބުނުމެވެ. އަށް އަހަރުގެ ވެރިކަމުގައި، ދައުލަތުގެ ހުރިހާ ބާރަކާއި ވަސީލަތެއް އަތުގައި އޮތްއިރު ރަނގަޅު ނުކުރެވުނު އިގްތިސޯދީ އަދި އިޖުތިމާއީ ހާލަތު، މަގުމައްޗަށް ނުކުމެ ހަޅޭއްލަވައިގެން ބަދަލުކުރެވޭނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެކެވެ. މިއީ ހަމައެކަނި ސިޔާސީ ބޭނުމަކަށްޓަކައި ރައްޔިތުން މަގުމައްޗަށް ނެރުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކައެއްކަން އިސްވެ ދިޔަ ދެ މިސާލަށް ވިސްނާލިޔަސް ސާފުވާނެއެވެ.

ރައްޔިތުންގެ ބުއްދިއަށްކުރާ މަލާމާތެއް

ކޮންމެ ފަހަރަކު ވެރިކަމާ ހަވާލުވެ ގައުމުގެ އިގްތިސޯދު އިނދަޖައްސާލުމަށްފަހު، ދެން އަންނަ ސަރުކާރަކަށް ޖެހެނީ އެ އަނދަވަޅުން ގައުމު ސަލާމަތްކުރުމަށް މުޅި ފަސް އަހަރު ހޭދަކުރާށެވެ. ހަތް ލެޕްޓޮޕުން ގައުމު ހިންގާނެ ކަމަށް ބުނި ބަޔަކު، މިއަދު މުޒާހަރާއަކުން ގައުމު އާރާސްތުކުރާނެ ކަމަށް ބުނުމަކީ ރައްޔިތުންގެ ބުއްދިއަށް ކުރާ މަލާމާތެކެވެ. ގައުމު ބިނާކުރެވެނީ އިހުލާސްތެރި މަސައްކަތާއި، ހަރުދަނާ ސިޔާސަތުތަކުންނެވެ. މިފަދަ ދޮގު ސިޔާސީ ދަޅަދެއްކުމަކުންނޫނެެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތް ލެޕްޓޮޕުން ގައުމު ހިންގުމާއި މުޒާހަރާއަކުން ގައުމުގެ ހާލަތު ބަދަލުކުރުމުގެ ޖޯކުރިޕޯޓް | ގަޑިއިރެއް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 20 ގަޑިއިރު ކުރިންއެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަނީޚަބަރު | 5 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުގައި ހުޅުދޫ އިންޖީނުގޭ އަޅަން 185 މިލިއަން ދޫކުރި، ފެންނަން ހުރީ ވަށާފާރަކާ ސައިލެންސަރެއް: ޝާޑްޚަބަރު | 9 ދުވަސް ކުރިން