އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަނީ
3 އޯގަސްޓު 2026 - 08:10

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހުށަހެޅުއްވީ ރޭގެ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.އެ ހުށަހެޅުން ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގައި ބަހުސްކުރުމަށްފަހުގައެވެ.

Ad by Hajj Corporation
ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ އިންތިހާބުގެ ކުރިން ކޮންގްރެސް ބާއްވަން ބޭނުންފުޅު ވަނީ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތައް ގެންނަން ނިންމާފައިވާއިރު، އޭގެ ތެރޭގައި ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ވެސް އިސްލާހުތަކެއް ގެންނާނެތީ ކަމަށެވެ.
ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބޭއްވުމަށް ފާސްކުރީ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.
އަދި ވޯޓަށް ފަހު ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު 19 ގައި ކޮންގްރެސް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެ ކޮންގްރެސް އަށް ފަހު ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން ގައުމީ މަޖިލީހުގެ އިންތިހާބު ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.


