logo
MPL

MPL

ޚަބަރު

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

އައިޝަތު ނަޝާއައިޝަތު ނަޝާ
27 އޯގަސްޓު 2026 - 08:15
އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ހިސާން ހުސެއިން އެ މަޤާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ޕާޓީގެ ނައިބު ރައީސްގެ މަގާމަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެއް ނޫން ކަމަށާއި، އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރާ މަގާމެއް ކަމަށެވެ. އެހެންކަމުން، އޭނާގެ މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ އޭރުގެ ރައީސް އަބްދުالله ޝާހިދުގެ މެންޑޭޓާ ކަމަށް ހިސާން ވިދާޅުވިއެވެ.

ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތްކުރާއިރު، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭ ކަމަށް ހިސާން ވިދާޅުވިއެވެ.

ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވިޔަސް، ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިސާން ވަނީ ޕާޓީގެ ލީޑާޝިޕަށާއި މެންބަރުންނަށް އަރުވާފައެވެ. އަދި މަގާމުގައި ހިދުމަތްކުރުމަށް ލިބުނު ފުރުސަތުގައި ޕާޓީގެ އެންމެހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އޭނާ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ހިސާން މި މަގާމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | 21 ދުވަސް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | 21 ދުވަސް ކުރިންމޫނަށް ރުލެއް އަރުވައިނުލާ އެ ފެތުރީ ދޮގު، އެފަދަ މީހުންނަށް ނޫނެކޭ ބުނަންޖެހޭރިޕޯޓް | މަހެއް ކުރިންއެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | މަހެއް ކުރިން