logo
Bank of Maldives

Bank of Maldives

ޚަބަރު

ދުނިޔެ ސްމާޓް ފޯނަކަށް ބަދަލުވަމުންދާއިރު ދިވެހިން ކަރުދާހުގެ ތެރޭގައި ތަތްވެފައި ތިބެގެން ނުވާނެ: ޝުޖާޢު

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖޫން 2026 - 03:01
ޝުޖާއު
ޝުޖާއު

މުޅި ދުނިޔެ ސްމާޓްފޯނަކަށް ބަދަލުވަމުންދާ ޒަމާނެއްގައި، ދިވެހިން ކަރުދާހުގެ ތެރޭގައި ތަތްވެފައި ތިބެގެން ނުވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.

މި ބިލަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ، ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފާސްވެގެން ދިއުމަކީ ރާއްޖެއަށް ޙަޤީޤީ ޑިޖިޓަލް ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން އެމް.ޑީ.ޕީގެ ސަރުކާރުތަކުގައި އައި.ޖީ.އެމް.އެޗް ފަދަ މުއައްސަސާތަކުން ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި ފުލުހުންގެ އިދާރާއަށް ދޭ ބަޔާންތައް ލީކުވަމުން ދިޔަ މައްސަލައަށް މި ބިލުތަކުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝުޖާޢު ވިދާޅުވި ގޮތުގައި މިއަދުގެ ކުދިންނަކީ އިންޓަރނެޓާ ނުލައި އުޅެވޭނެ ބައެއް ނޫނެވެ. ސްކޫލް ކުދިންގެ ފޮތްތައް އައިޕެޑްތަކަށް ބަދަލުވަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ ހުރިހާ ސްކޫލަކަށް އިންޓަރނެޓް ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 "ދުނިޔެ ބަދަލުވަމުންދާއިރު އަޅުގަނޑުމެން ކަރުދާހުގައި ތަތްވެފައި ތިބެގެންނެއް އަޅުގަނޑުމެން މި ހޯދަން ބޭނުންވާ ކުރިއެރުމެއް ނުލިބޭނެ،" ޝުޖާޢު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް ޑިޖިޓަލް ކުރުމަށް ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކަށްވެސް ޝުޖާޢު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން "މާވެހި" ޕޯޓަލް މެދުވެރިކޮށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދެއްވީ ރައީސް މުޢިއްޒު ކަމަށާއި، އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ތަކެއްޗަކީ ހަމައެކަނި ކަރުދާހުގައި އޮންނަންޖެހޭ އެއްޗެއް ނޫންކަން އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ޒަމާނީ ޓެކްނޮލޮޖީއަށް ހޭނެންޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ގެންގުޅޭ "ބޯދާ" ވިސްނުންތަކުގައި ތާށިވެފައި ތިބުމުގެ ބަދަލުގައި، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ފޮނިމީރުކަން ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވެ އޭނާ ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔެ ސްމާޓް ފޯނަކަށް ބަދަލުވަމުންދާއިރު ދިވެހިން ކަރުދާހުގައި ތަތްވެފައި ތިބެގެން ނުވާނެ: ޝުޖާޢުޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީ މެމްބަރުން ބިލަށް ވާހަކަ ދައްކަވަނީ ބިލިގައި އޮތް އެއްޗެއް ވިދާޅުނުވެ: ނިޒާރުޚަބަރު | 2 ގަޑިއިރު ކުރިންއެމްޑީޕީން ކޮރަޕްޝަން ހުއްޓުވާ ކޮންމެ ކަމަކާ ދެކޮޅުވާނެ، އެއީ ވައްކަން ނޫން ކަމެއް ނުކުރެވުނު ބައެއް: މަމްދޫހްޚަބަރު | 2 ގަޑިއިރު ކުރިންކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލުން ބަންދުވެގެންދާނެ: އަނާރާޚަބަރު | 8 ގަޑިއިރު ކުރިން