logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރުމަށް 2 ގަޑިއިރު ކަނޑައަޅައިފި

އައިޝަތު ނަޝާ
10 އޯގަސްޓު 2026 - 09:42
ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރުމަށް 2 ގަޑިއިރު ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގެ ވަގުތުގެ ގޮތުގައި 2 ގަޑިއިރު ކަނޑައަޅައިފިއެވެ.

ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މަޖިލީހަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ 13 މެންބަރުންގެ ސޮޔާއެކުގައެވެ. މި މައްސަލަ މި މަހުގެ 1ވަނަ ދުވަހު ހުށަހަޅާފައިވާއިރު މައްސަލަ ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ ވަޒީރު ހަވާލުވެވަޑައިގެންފައިވާ މަސްއޫލިއްޔަތުތަކާއި ޚިލާފުވެފައިވާތީއާއި މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލައިގައި ބަހުސް ކުރުމަށް ޖުމްލަ 2 ގަޑިއިރު ކަނޑައެޅުމަށް ވަނީ ފާސްކޮށްފައެވެ. އެއީ ވަޒީރަށް ދިފާޢުގައި ވާހަކަދެއްކުމަށް ދޭ 1 ގަޑިއިރާއި މަޖިލީހުގެ ގަވާއިދުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ބަހާލައިގެން ބަހުސް ކުރުމަށް ދޭ 1 ގަޑިއިރެވެ.

މި ދައުރުގެ ތެރޭގައި ދައުލަތުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަތަކެއް އެމްޑީޕީގެ ޕީޖީން މަޖިލީހަށް ވެއްދިއެވެ. ނަމަވެސް އެ ދެ މައްސަލައިގައިވެސް މަޖިލީހުން ފާސްކުރީ ވަޒީރުންނަށް އިތުބާރު އޮތް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޒީރު ސަޢީދުގެ އިތުބާރު ނެތްކަމުގެ ބަހުސް ކުރުމަށް 2 ގަޑިއިރު ކަނޑައަޅައިފިޚަބަރު | 3 ގަޑިއިރު ކުރިންއެލްޖީއޭގެ ބޯޑަށް 2 މެންބަރަކަށް ރުހުން ހޯދަނީޚަބަރު | 4 ގަޑިއިރު ކުރިންއައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަންކުރުމަށް ރުހުންދީޚަބަރު | 5 ދުވަސް ކުރިންޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | 6 ދުވަސް ކުރިން