logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްޖިދުއްޒިކުރާ ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިން ކުރުމުގެ މަސައްކަތް ނިމެނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
4 އޯގަސްޓު 2026 - 19:35
ޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީ

މާލޭގެ މަސްޖިދުއްޒިކުރާ ހުރި ތަނުގައި ތިން ބުރީގެ ޒަމާނީ މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ސްޕޮންސަރ ހަމަޖެހި، އެ މިސްކިތުގެ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ނިމެމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަސްޖިދުއްޒިކުރާ ހުރި ތަނުގައި ޒަމާނީ މިސްކިތެއް ބިނާކުރުމަކީ ސަރުކާރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ ހެޔޮއެދޭ ފަރާތަކުން ސްޕޮންސަރ ކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢު ލަސްވެގެން ދިޔަ ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ސަރަހައްދުގައި ސްޓެލްކޯގެ ޓްރާންސްފޯމަރުތަކެއް ހުރުމުން އެ ތަންތަން އެހެން ތަނަކަށް ބަދަލުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް އެއީ މާލޭގެ މުހިންމު ސަރަހައްދަކަށްވެފައި، ކަރަންޓުގެ ނިޒާމަށް ބަދަލެއް ގެނައުމަކީ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަކަށްވާތީ، މިހާރު ނިންމާފައިވަނީ އެ ޓްރާންސްފޯމަރުތައް ހުރި ތަން ނުލައި ލިބެން އޮތް ޖާގައިގައި މިސްކިތް ބިނާކުރުމަށެވެ.

"އެ ތަނާ ނުލައި މިހާރު ލިބެން އޮތް ޖާގައިގައި މިސްކިތް ވަނީ ކުރަހައި، މިހާރު ގާތްގަނޑަކަށް ކުރަހައި ނިންމުމުގެ މަރުޙަލާ އެ ދަނީ. އަޅުގަނޑުމެން މި ބަލަނީ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވިލިމާލޭގައި ހުރި ބާ މިސްކިތެއް ކަމަށްވާ މަސްޖިދުއްސަލާމް ބަންދުކޮށް، އެތަނުގައި އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތްވެސް މިއަދު ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއަށް ލިބިގެންދާ މުހިންމު ކުރިއެރުންތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒިކުރާ މިސްކިތް ހުރި ތަނުގައި 3 ބުރީގެ ޒަމާނީ މިސްކިތެއް އަޅަން ސްޕޮންސަރ ހަމަޖެހި ޑިޒައިންގެ މަސައްކަތް ނިމެނީޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް ސެޕްޓެންބަރު މަހު ފަށަނީޚަބަރު | ގަޑިއިރެއް ކުރިންމިއަހަރުގެ ތެރޭ އިތުރު 20 މިސްކިތެއް ހުޅުވާނެ: ޝަހީމްޚަބަރު | 11 ގަޑިއިރު ކުރިން ފީނިފީންޏަށް މުވައްޒަފުން ވެއްދުމުގެ ސަގާފަތް ފެށީ އެމްޑީޕީން ބާރުވެރިކަން ހޯދަން: ޝުޖާއުޚަބަރު | ދުވަހެއް ކުރިން