އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަންކުރުމަށް ރުހުންދީ
5 އޯގަސްޓު 2026 - 08:22

ދިވެހިރާއްޖޭން އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ(އައިރީނާ) އަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތޯރިގް އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އެ މައްސަލަ މަޖިލީހަށް ފޮނުއްވިއެވެ. އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު އެ މަގާމަށް ތޯރިގް އައްޔަން ކުރައްވަން ފެންނަ ކަމަށް ކޮމިޓީން ފާސްކުރިއެވެ.

Ad by Hajj Corporation
މިއަދުގެ މަޖިލީހުގެ ޖަލްސާގައިވަނީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅާފައެވެ. އަދި އެ މަގާމަށް ތޯރިގް އައްޔަންކުރުމަށް ރުހުން ހޯދުމަށް ވޯޓަށް އަހައިފައެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އައިރީނާއަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ތޯރިގް އައްޔަންކުރައްވަން ފެންނަ ކަމަށް ފާސްކޮށްފައެވެ
ތޯރިގްއަކީ ތިމާވެއްޓާއި ހަކަތައާބެހޭ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މި ސަރުކާރުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަގާމު އަދާކުރެއްވެވިއެވެ. އަދި މިހާރު ހުންނެވީ ރާއްޖޭން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.


